ޚަބަރު
ޝައުބާންމަހު، އަޅުކަމުގައި ހީވާގިވުމަކީ، ރަމަޟާންމަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއް: ހުކުރުޚުތުބާ

އަހުރެމެން މިހާރު ވޭތުކުރަމުން މިދަނީ ޝަޢުބާންމަހުގެ ދުވަސްތަކެވެ. މި މަހަކީ އެތައް ގޮތަކުން ޚާއްސަ މަހެކެވެ. ރަމަޟާން މަހަށް މަރްޙަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ މައްސަރަކަށް ވުމުންނެވެ. ޝަޢުބާން މަހުގެ ހަނދު ފެނުމާއެކު، ރޯދައިގެ މާތްކަމާއި، ރޭއަޅުކަމާއި ހެޔޮ ޢަމަލުތައް ކޮންމެ މުސްލިމެއްގެ ހިތަށް ވަންނާތީއެވެ. ޝައުބާންމަހު، އަޅުކަމުގައި ހީވާގިވުމަކީ، ރަމަޟާމަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއް ކަމުގައި ވާތީއެވެ.

ސިއްޙީ ގޮތުންނާއި ޢުމުރުގެ ގޮތުން، އެކި މީހުންގެ ޙާލަތު ތަފާތެވެ. އެހެންކަމުން އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ ޢަމަލު ކުރާށެވެ. މާތް ނަބިއްޔާ ގެ އިރުޝާދުފުޅުތަކަށް ބަލާއިރު، މާތްﷲ ގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަންބޮޑީ ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮ ޢަމަލެވެ.

5