ޚަބަރު
ދުނިޔޭގައި އިންސާނާ ކިތަންމެ މުދަލެއް ހޯދިޔަސް އެއީ ފަނާވެގެންދާނެ އެއްޗެއް: ހުކުރުޚުތުބާ

ދުނިޔޭގައި އިންސާނާ ކިތަންމެ މުދަލެއް ހޯދިޔަސް އެއީ ފަނާވެގެންދާނެ އެއްޗެއް: ހުކުރުޚުތުބާ

ދުނިޔޭގައި އިންސާނާ ކިތަންމެ މުދަލެއް ހޯދިޔަސް އެއީ، ވަގުތީ އެއްޗެކެވެ. ފަނާވެގެންދާނެ އެއްޗެކެވެ. ނުވަތަ ތިބާ އެތަކެތި ދޫކޮށްފައި ދާންޖެހޭނެ ތަކެއްޗެވެ. އެއަށްފަހު އޮތީ، މާތްﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭ ދުވަހެވެ. އެ ދުވަހު އޮތީ ދެގޮތެކެވެ. އެއްގޮތަކީ ތިމާއަކީ މާތްﷲ އެންގެވި ގޮތަށް އެމުދާ ހޯދައި، އެގޮތުގައި އެމުދާ ހޭދަކޮށްފައިވާ މީހަކު ކަމުގައި ވުމެވެ. އެފަދަ މީހަކަށް ތިބާ ވެއްޖެނަމަ، އުފަލުގެ ކޮޅެއް ނެތެވެ. އަނެއް ގޮތަކީ މުދާ ހޯދުމުގައްޔާއި، ޚަރަދުކުރުމުގައި މާތްﷲ ގެ އަމުރުފުޅާ ޚީލާފުވެ، އޭގެ ސަބަބުން މާތްﷲ ހަނދުމަކުރުމުން ތިބާ އެއްކިބާ ވެފައި ވުމެވެ. އެފަދަ މީހަކަށް ހުރި ހިތާމައިގެ ކޮޅެއްނެތެވެ. އެފަދަ މީހަކަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ!

6