ނަޞޭޙަތާއި އިރުޝާދު
އަޅުގަނޑުމެން ނެތް ދުނިޔެއެއްގައި ދަރިން ދުޢާ ކޮށްދޭނެކަން ޔަޤީން ކުރާނީ ކިހިނެއް؟

އަޅުގަނޑުމެން ދުނިޔެ ދޫކޮށް ދާ ފަހުން، އަޅުގަނޑުމެންގެ ދަރިން އަޅުގަނޑުމެންގެ މަތީން ހަނދާންނެތި ދުޢާ ކޮށްދޭން ހަނދާންނެތިދާނެތީ ކަންބޮޑުވެއެވެ. އެކަމަކު އެކަމާ މާ ބޮޑަށް ހާސްނުވެ މިގޮތަށް ކަންތައް ކޮށްލާށެވެ. މިހާރުން ސުރެ ދަރީން ގާތު ދުޢާ ކޮށްދޭން އެދޭށެވެ. މަންމަ ބަލިވެއްޖެނަމަ މަންމައަށް އަވަސް ޝިފާއެއް ދެއްވާތޯ ދުޢާ ކޮށްދޭން ދަރިފުޅު ގާތު ބުނާށެވެ. މަސައްކަތަށް ދާނަމަ މަސައްކަތުގައި ބަރަކާތް ލައްވާ އާމްދަނީ އިތުރު ކޮށްދެއްވާތޯ ދުޢާ ކޮށްދޭން ބުނާށެވެ. ބައްޕަމަހަށް ދާނަމަ ގިނައިން މަސްބެވޭތޯ ދުޢާކޮށްދޭން އެދޭށެވެ. އެއަށްފަހު ދުޢާ ކުރިތޯ ޔަޤީން ކުރަން ދަރިފުޅު ގާތު އަހާށެވެ! ދުޢާ ކޮށްދިން ނަމަ އެކަން ފާހަގަކޮށް ހަދިޔާ ދޭށެވެ! ދުނިޔެ މަތީގައި މައިންބަފައިންނަށްޓަކައި ދުޢާ ކުރަން އާދަވެފައިވާ ކުއްޖަކު، އެމީހުން ދުނިޔެ ދޫކޮށް ދިޔުމުން ދުޢާ ނުކޮށް ހުންނާނެ ހެއްޔެވެ؟!

4