ޤުދުރަތީ ގޮތުން ކުރިމަތިވާ މިފަދަ ކޮންމެ ކަމަކީ، ދިރިތިބީންނަށް ކުރިމަތިވާ ބޮޑުވެގެންވާ އިމްތިޙާނެކެވެ. ދުނިޔޭގެ ޙަޔާތާއި މަރަކީވެސް އިމްތިޙާނެކެވެ. އެކަން ބަޔާންކުރައްވާ ވަހީ ކުރައްވާފައި ބަސްފުޅެއްގެ މާނާގައިވެއެވެ. “އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅި ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި މަރުވުމާއި ދިރިހުރުން އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.”
ދިރިބީންގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ ސުބުހާނަހޫ ވަތަޢާލާ އަހަރެމެންނާ ކުރިމަތިކުރައްވާ މުޞީބާތްތަކާއި، އިމްތިޙާނުތަކަށް ކެތްތެރިވެ، މިފަދަ ކާރިސާތަކުން ޢިބްރަތް ޙާސިލުކުރުމެވެ. އަހަރެމެންގެ ޢަމަލުތައް އިސްލާޙުކުރުމެވެ. ޙައްޤު ގޮތުގައި ﷲގެ މަގަށް އުޖޫޢަވުމެވެ.