ނަޞޭޙަތާއި އިރުޝާދު
ރަންބަސް

”ހިތަށް ދިރުން ގެނެސްދެނީ ތިން ކަމަކުންނެވެ. ޤުރްއާނާއި މެދުގައި ވިސްނުމުގަޔާއި، ސިއްރިއްޔާތުގައި ނިކަމެތިކަމާއެކު ﷲ އަށް ކުއްތަންވުމުގަޔާއި ފާފަތައް ދޫކޮށްލުމުގައެވެ.”

– ޝައިޚުލް އިސްލާމް އިބްނި ތައިމިއްޔާ ރަޙިމަހުﷲ –


”މަންމައަކީ ގޭގެ ޒީނަތެވެ. އެކަމުގެ އިޚްސާސް ކުރެވެނީ މަންމަޔާ ވަކިވެފައިވާ މީހަކަށެވެ.”
– الشيخ عبدالرزاق البدر (حفظه الله) –

”ދުޢާ ކުރުމަކީ ބޮޑެތި ޢާފާތްތައް އުފުއްލަވާ ކަމެކެވެ.”
– الشيخ عبد العزيز الطريفي (حفظه الله) –
– التفسير والبيان

قَالَ رَسُولُ اللّهِ صَلّى اللّه عَليه وَسَلّم
”وَفَرَاغَكَ قَبْلَ شُغْلِكَ…“
”އަވަދިނެތިވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ.”
– الحاكم والبيهقي، وصححه الألباني-

”ނަމާދުން އުފާވެރިކަން ހޯދާ މީހަކަށް ދާއިމި ހިތާމައެއް ނުވެއެވެ.”

– أبو عبدالله الأثري –


”ދުނިޔޭގައި ވަނީ އުފަލާއި ހިތާމައެވެ. އެތަނެއްގައި ހުރިހާ އުފަލެއް ޖަމާވާނެ ތަނަކީ ސުވަރުގެއެވެ.”
– أبو عبدالله الأثري –

قَالَ رَسُولُ اللّهِ صَلّى اللّه عَليه وَسَلّم
ޙަދީޘް ބަސްފުޅުގެ މާނައިގައިވެއެވެ.
”މީހާ އޭނާގެ އަނބިދަރިންނަށް ކުރާ ހޭދަ އަކީ ޞަދަޤާތެކެވެ.

– صحيح الجامع ٦٨٠٣


”އެއްވެސް މީހަކީ ތާއަބަދު އެކުގައި ވާނެ މީހެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން ވަކިވާނެއެވެ.”

– އައްޝައިޚް ޒަމްޒަމް ފާރިޝް –


ދުނިޔެވީ ކޮންމެ ނިޢުމަތަކީވެސް ފިލާދަނިވި ކަމެކެވެ. ދާއިމީ ނިޢުމަތަކީ އުޚްރަވީ ޙަޔާތުގެ ނިޢުމަތެވެ. ވަގުތީ ނިޢުމަތަކަށް ދަހިވެތިވެ ދާއިމީ ނިޢުމަތުން މަޙްރޫމު ނުވާށެވެ!

– އައްޝައިޚް އަޙްމަދު ސަމީރު –


އެތައްފަހަރަކު ނާކާމިޔާބު ވީ ނަމަވެސް ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާނުލާށެވެ.

– އައްޝައިޚް މުޙައްމަދު ޝާފިއު –


ކަމެއްގައި ފެއިލްވުމަކީ، އެކަމެއްގެ ނިމުމެއްނޫނެވެ. އެހެން ނަމަ އަހަރުމެންނަށް މި ތިބެވޭ ހިސާބަށް ވާޞިލް ނުވެވުނީހެވެ. ކާމިޔާބަށް ވާޞިލްވުމުގައި ހިތްވަރާއި ޢަޒުމުގެ ހަރުފަތްތައް ގިރާކުރަންޖެހެއެވެ. އެންމެ ބޮޑު ގޮންޖެހުން ކުރިމަތިވާނީ ތިމާއަކީ ކާކުކަން ވެސް ނުދަނެ، އިވޭހާ އަޑަކަށް ތިމާ ދެކެ ރުޅި އަންނަ މީހުންނާއި ޙަސަދަވެރިވާ މީހުންގެ ފަރާތުންނެވެ.

– ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު –


ބަނޑުގައިވާ ދަރިފުޅުގެ ރިޒްޤަކީ ފުރާނަ އެޅުއްވުމުގެ ކުރިން ލިޔުއްވޭ އެއްޗެކެވެ. ދަރިފުޅުގެ ރިޒްޤާމެދު މައިންބަފައިން ކަންބޮޑުނުވާށެވެ.

– الشيخ محمد شافع (حفظه الله) –


ހަމަ އެންމެ ހިތާމައަކީ އެތައް ހާސް ނިޢުމަތެއް ހަނދުމަނެތިކޮށްލާ ކަމަކަށް ނުހަދާށެވެ.

– އައްޝައިޚް މުޙައްމަދު ޝާފިއު –


”ރަސޫލާ ﷺ ގެ އަޞްހާބުބޭކަލުން، ނަމާދު އެޅުން ފިޔަވައި އެއްވެސް ޢަމަލެއް ދޫކޮށްލުން އެއީ ކުފުރެއް ކަމުގައި ދެކިވަޑައި ނުގަންނަވަތެވެ.”
– ޢަބްދުﷲ ބުނު ޝަޤީޤު އަލްޢުޤައިލީ ރަޙިމަހުﷲ –

– رواه الترمذي والحاكم وصحّحه على شرط الشيخين وصحّحه الألباني (رحمه الله) –


އޭ ކެތްތެރިންނޭވެ! ކެތްތެރިކަމުގެ ކުޑަ މިންވަރެއް އަދި ތަޙައްމަލު ކޮށްލާށެވެ. ކެތްތެރިވެގެން ތިބުމަށް ދެން އޮތީ މަދު ހިނދުކޮޅެކެވެ.
– އިބްނުލް ޤައްޔިމް ރަޙިމަހުﷲ –
މަޞްދަރު:
8