ނަޞޭޙަތާއި އިރުޝާދު
ތުރުކީއާއި ސޫރިޔާއަށް އައި ބިންހެލުމުން ލިބިގަންނަންވީ ޢިބްރަތްތައް

ތުރުކިޔޭ އަށާއި ސީރިއާ އަށް އައިސްފައިވާ ބިންހެލުމަކީ އަޅުގަނޑުމެން ޢިބްރަތުގެ ނަޒަރަކުން ވިސްނަންޖެހޭ ކަމެކެވެ. މިފަދަ މުސީބާތްތަކާއި މެދު އަޅުގަނޑުމެންގެ އަޤީދާ ހެޔޮ ކުރަން ޖެހެއެވެ. ﷲ سبحانه و تعالى މިފަދަ ކޮންމެ ކަމެއްވެސް ކަނޑައަޅުއްވާފައިވަނީ މަތިވެރި ޙިކްމަތަކަށްޓަކައެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ މިކަންކަމަކީ އެކަލާންގެ މަތިވެރި ނިޔާފުޅުގެ ދަށުން ހިނގާ ކަންކަން ބަޔާންކުރައްވާފާވެއެވެ.
{ مَاۤ أَصَابَ مِن مُّصِیبَةࣲ فِی ٱلۡأَرۡضِ وَلَا فِیۤ أَنفُسِكُمۡ إِلَّا فِی كِتَـٰبࣲ مِّن قَبۡلِ أَن نَّبۡرَأَهَاۤۚ إِنَّ ذَ ٰ⁠لِكَ عَلَى ٱللَّهِ یَسِیرࣱ }
[: ސޫރަތުލް ޙަދީދް 22]
އެއްވެސް مصيبة އެއް، ތިމަންރަސްކަލާނގެ އެ مصيبة އެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: اللوح المحفوظ ގައި) ލިޔުއްވާފައިވާ حال ގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ اللَّه އަށް ދާދިފަސޭހަ ކަމެކެވެ.
އެއަށް ފަހު މާތް ﷲ ވަޙީ ކުރައްވާފައި ވަނީ :
{ لِّكَیۡلَا تَأۡسَوۡا۟ عَلَىٰ مَا فَاتَكُمۡ وَلَا تَفۡرَحُوا۟ بِمَاۤ ءَاتَىٰكُمۡۗ وَٱللَّهُ لَا یُحِبُّ كُلَّ مُخۡتَالࣲ فَخُورٍ }
[ސޫރަތުލް ޙަދީދް: 23]
(އެއީ) ތިޔަބައިމީހުންގެ ކިބައިން ފާއިތުވެހިނގައްޖެ ކަމެއްގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުޅައުމަށާއި، އަދި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވައިފިކަމެއްގެ މައްޗަށް އުފާކޮށް ބޮޑާވެ ނުގަތުމަށްޓަކައެވެ. ކިބުރުވެރިވެ، فخر ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
ޝައްކެއްނެތް، ކޮންމެ މީހަކުވެސް އެމީހެއްގެ މުދަލާއި، ދަރިންނާ ވަކިވާންޖެހުމުން ހިތާމަކުރާނއެވެ. އެހެންނަމަވެސް އެކަންކަން ތިބާ މާޔޫސްކަމުގެ ތެރެއަށް ގެންދިޔަދީގެން ނުވާނެކަން މި ދެ އާޔަތުން އެބަ އެނގޭ. ހަމައެޔާއެކު ތިޔަބައިމީހުނަށް ދެއްވި ތަކެއްޗާމެދު ބޮޑާވެނުގަތުމަށްޓަކައެވެ. މާދާމާވެސް އެއެއްޗިއްސާއި ތިބާއާއި ވަކިވާން ޖެހިދާނެކަން ހަނދާންކުރުވުމަށްޓަކައެވެ.

ބިންހެލުމުގެ ސަބަބުން ތުރުކީއާއި ސޫރިޔާގެ ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚްތުންނަށް ތިޔަ އަޚުންނާއި އުޚްތުންގެ ދީލަތި އެހީދެއްވާށެވެ.

ޙަދީޘްފުޅުގައި ވަނީ މުއުމިނަކަށް ޖެހިފައިވާ ދަތިކަމެއް ފިލުވައިދީފި މީހަކަށް މާތް ﷲ ދަތިކަމެއް ފިއްލުވައިދެއްވާނެ ކަމަށެވެ.

މުސްލިމް އުންމަތަކީ އެއް އުންމަތެކެވެ. މުސްލިމުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް އަޚުންނެވެ. މުއުމިނުންނަކީ އެއް ހަށިގަނޑެއް ފަދަ ބައެކެވެ. ގުނަވަނެއްގައި ވޭނެއް އަަޅައިފިއްޔާ، މުޅި ހަށިގަނޑު އެ ކަމުގައި ބައިވެރިވެ އެ ވޭން ތަޙައްމަލުކުރެއެވެ. މިއީ އަޅުގަނޑުމެންނަށް މާތް ނަބިއްޔާ صلى الله عليه وسلم ދެއްވައިފައިވާ މަތިވެރި އިރުޝާދުފުޅުތަކެވެ.

މާތް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

”އެމީހެއްގެ އަހާގެ އުނދަގޫތައް ފަސޭހަ ކޮށްދީފި މީހަކަށް ޤިޔާމަތްދުވަހު ފަސޭހަކޮށްދެއްވާނެތެވެ!”

ހެޔޮ ކަމަކީ ގެއްލިދާނެ ކަމެއް ނޫނެވެ.;وَلَا نُضِيعُ أَجۡرَ ٱلۡمُحۡسِنِينَ

އިބްނު މަސްޢޫދު رضي الله عنه ގެ ދުވަސްވަރު ކޫފާއަށް ބިންހެލުމެއް އައެވެ. ދެން ފާފަތަކުން ރުޖޫޢަވުމަށާއި ތައުބާ ވުމަށާއި އިސްތިޣްފާރުކުރުމަށާއި ތެދުމަގަށް ތަބާވުމަށް އެކަލޭގެފާނުގެ މީސްތަކުންނަށް ގޮވާލައްވާ އަމުރުކުރެއްވިއެވެ.
ބައްލަވާ ތަފްސީރުއް ޠަބަރީ (638/14)

– ސުނަން އިބްނު މާޖާ 2419 –

43