ޚަބަރު
އިސްލާމްދީން ގޮވާލަނީ ބޭރުފުށަށް ނުބަލާ، ހަޤީޤަތްބެލުމަށާއި ނިޢުމަތްތަކުގައި ތިމާއާ އެހެން މީހުންނާ އަޅާނުބެލުމަށް: ހުކުރުޚުތުބާ

މުއްސަދިކަމަކީ މުދާ ގިނަވުން ނޫންކަމާއި އެކަމަކު އެއީ ނަފުސުގެ މުއްސަނދިކަން ކަމުގައި ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅަކީ، ހުރިހާ ޒަމާނެއްގައި ވެސް މީސްތަކުން ތަބާވާންޖެހޭ މަތިވެރި އުޞޫލެކެވެ. ބޭރުފުށުގެ އޮފުދާރުކަމަށް މީސްތަކުން ހެއްލިފައިވާ މި ފަދަ ޒަމާނެއްގައި އެއީ ވަރަށް ޙިކްމަތްތެރި ޤަވާއިދެކެވެ.

އިސްލާމްދީން ގޮވާލަނީ ބޭރުފުށަށް ނުބަލާ، ހަޤީޤަތްބެލުމަށާއި ނިޢުމަތްތަކުގައި ތިމާއާ އެހެން މީހުންނާ އަޅާނުބެލުމަށް: ހުކުރުޚުތުބާ

އެ ބަސްފުޅު ގޮވައިލަނީ، މީސްތަކުންނާ މުޢާމަލާތު ކުރާއިރު ބޭރުފުށަށް ނުބެލުމަށެވެ. ޙަޤީޤަތަށް ބެލުމަށެވެ. ކީރިތި ރަސޫލާ ﷺ ގެ އެ ބަސްފުޅުން އެނގޭ ގޮތުގައި މާތްﷲ ދެއްވާފައިވާ ނިޢުމަތްތަކުގައި ތިމާއާ އެހެން މީހުންނާ އަޅާބަލައިގެން ނުވާނެއެވެ. ކީރިތި ރަސޫލާ މުސްލިމުންނަށް ގޮވައިލައްވަނީ، ތިމާއަށްވުރެ ނިކަމެތީންނަށް ބެލުމަށެވެ. ﷲތަޢާލާ އެކަލާނގެ އަޅުންގެ މެދުގައި ރިޒްޤު ބައްސަވަނީ، އެކަލާނގެ ޙިކުމަތްފުޅާ އެއްގޮތަށެވެ.

8