އަޤީދާ ރިޕޯޓް އަޚުލާޤު ފިޤްޙު ކޮލަމް ވާހަކަ ދީން
އަޤީދާ
ރިޕޯޓް
އަޚުލާޤު
ފިޤްޙު
ކޮލަމް
ވާހަކަ
ދީން
ނަޞޭޙަތާއި އިރުޝާދު
ޤިޔާމަތްވުމުގެ ޢަލާމާތްތައް – ބިންހެލުންތައް ގިނަވުން
ޢިލްމު އެޑިޓޯރިއަލް
2 months ago

އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى تَكْثُرَ الزَّلَازِلُ))[1] “ބިންހެލުންތައް ގިނަވެއްޖައުމާ ހަމައަށް ޤިޔާމަތް ޤާއިމެއް ނުވާނެއެވެ.”

އަދި سَلَمَةُ بْنُ نُفَيْلٍ السَّكُونِي ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((كُنَّا جُلُوسًا عِنْدَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ (فَذَكَرَ الحَدِيْث، وَفِيْهِ): ((وَبَيْنَ يَدَيِ السَّاعَةِ مُوَتَانٌ شَدِيدٌ، وَبَعْدَهُ سَنَوَاتُ الزَّلَازِلِ))[2] ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި އިށީނދެވަޑައިގެން ތިމަންމެން ބޭކަލުން ތިއްބެވީމުއެވެ. (ދެން ޙަދީޘް ކިޔުއްވިއެވެ. އޭގައި ވެއެވެ.): “ޤިޔާމަތާ ކައިރީގައި ގިނަ މަރުތަކެއް ވެއެވެ. އޭގެފަހުގައި ބިންހެލުންތައްގިނަ އަހަރުތަކެއް ވެއެވެ.”

އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. [ބަސްފުޅުގެ މާނައީ:] “ހަމަކަށަވަރުން އިރާއި ހުޅަނގުގައި އަދި ދެކުނުގެ ޤައުމުތަކަށް ވަނީ ގިނަ ބިންހެލުންތަކެއް އައިސްފައެވެ. ނަމަވެސް ހާމަވާންއޮތީ [މިޙަދީޘްގެ] މުރާދަކީ ބިންހެލުންތައް ގިނަވުމާއި ހުރިހާ ކަންކޮޅުތަކެއް އޭގައި ހިމެނުމާއި އަދި އެކަން ދެމިގެން ދިއުމެވެ.”[3]

عَبْدُ اللهِ بْنُ حَوَالَة ގެ އަރިހުން ރިވާވެފައިވާ ރިވާޔަތުން އެކަން އެނގިގެން ދެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. وَضَعَ رَسُوْلُ الله صَلَّى اللهُ عَلَيْهِ وَسَلَّم يَدَي عَلَى رَأْسِي -أَوْ هَامَتِي-، فَقَالَ: ((يَا ابْنَ حَوَالَةَ! إِذَا رَأَيْتَ الْخِلَافَةَ قَدْ نَزَلَتِ الْأَرْضَ الْمُقَدَّسَةَ؛ فَقَدْ دَنَتِ الزَّلَازِلُ وَالْبَلَايَا وَالْأُمُورُ الْعِظَامُ، وَالسَّاعَةُ يَوْمَئِذٍ أَقْرَبُ إِلَى النَّاسِ مِنْ يَدَيَّ هَذِهِ مِنْ رَأْسِكَ))[4] މާނައީ: “ރަސޫލުﷲ صلى الله عليه وسلم ގެ އަތްޕުޅު ތިމަންކަލޭގެފާނުގެ ބޮލުގައި –ނުވަތަ ބޮލުގެ ނިއްކުރިއާ ދިމާގައި- ބާއްވަވާ ޙަދީޘްކުރެއްވިއެވެ. “އޭ ޙަވާލާގެ ދަރިފުޅާއެވެ! މުޤައްދަސް ބިމަށް ޚިލާފަތް އަތުވެއްޖެތަން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ؛ ފަހެ ހަމަކަށަވަރުން ބިންހެލުންތަކާއި ބަލާވެރިކަން އަދިވެސް ބޮޑެތި އެތައްކަމެއް ލައިގަންނާނެއެވެ. އަދި އެދުވަހުން، ކަލޭގެފާނުގެ ބޮލުގައިވާ ތިމަންކަލޭގެފާނުގެ މިއަތްޕުޅަށްވުރެ މީސްތަކުންނާ ޤިޔާމަތް ގާތްވެގެން ވާނެއެވެ.”

 

މަސްދަރު: ދިސަލަފިއްޔާ

އައްޝައިޚް އަޙްމަދު ނާޒިލް މުޙައްމަދު

 

1,579
49
Comment
Click here to cancel reply.
ފަހުގެ
ކުދީން ޤުރުއާން ހިތުދަސްކުރުވުމަށް ކުރެވިދާނެ ދިހަ ކަމެއް
12 hours ago
ކުޑަކުދިންގެ ވާހަކަ: ތެދުވެރި ލައިދަން
12 hours ago
ފުރާނާ ގެންދެވުނީ 81 ވަނަ ޚަތިމް ކުރައްވަނިކޮށެވެ.
1 day ago
ތިބާގެ ނަފްސަށް އަމާންކަން ލިބޭ ކަމެއް
1 day ago
ރެސްޓޯރެންޓް ހުއްޓުމަކަށް ގެނައި ހާދިސާ
1 day ago
Copyright 2021 - Ilm.mv
Developed by Ahmed Anas Habeeb Follow me on tiktok @geri.mv