Uncategorized
އެންމެ ފަސޭހަ އެކަމަކު އެންމެ ގިނައިން ނުކުރެވޭ އަޅުކަން

ދުލުން އެންމެ ކަލިމައެއް ވެސް ނުބުނެ އަޅުގަނޑުމެން ކުރާ ބައިވަރު ކަންތައްތަކެއް ހުރެއެވެ.

ސައިކަލު ދުއްވުމާއި، ތަނަކަށް ހިނގާފަ ދިޔުމާއި، ކިޔުގައި މަޑުކޮށްގެން ތިބުން ފަދަ ބައިވަރު ކަންތައްތަކެވެ.
އެއީވެސް އަޅުގަނޑުމެންގެ ހަޔާތުން ބައެކެވެ. ބޭކާރުގޮތުގައި ވޭތުވެގެންދާ ވަގުތުތަކެވެ.

އެކަމަކު އެއީ އެތައް ބައިވަރު ސަވާބެއް ހޯދިދާނެ ވަގުތު ތަކެކެވެ.

އެ ވަގުތުތަކުގައި ޒިކުރު ކުރާށެވެ!

ސައިކަލުގައި ދުއްވާފައި ދާއިރު سبحان الله، الحمد لله ފަދަ ޒިކުރުތައް މަޑުމަޑުން ކިޔާށެވެ.
ޓްރެފިކު ލައިޓުގައި މަޑުކޮށްގެން ހުންނަ ވަގުތުވެސް ޒިކުރު ކިޔާލަ ކިޔާލަ ހުންނާށެވެ.
މިސްކިތުން ގެއަށް ދާއިރު ޒިކުރު ކުރަމުން ދާށެވެ.
ބަދިގޭގައި އެކަނި މަސައްކަތް ކުރާއިރުވެސް ޒިކުރު ކުރަމުން ދާށެވެ.

މިގޮތަށެވެ.

ކިޔާނޭ ޒިކުރެއް ނޭނގެންޏާ ހަމައެކަނި قل هو الله أحد އެކަނި ކިޔާލަ ކިިޔާލަ ހުއްޓަސް، އެ ހޯދެނީ އެތައް ސަބަބެކެވެ.

ޒިކުރު ކުރުމުގެ މަތިވެރިކަމާ މާތް ކަމާ ބެހޭގޮތުން އައިސްފައިވާ އާޔަތްތަކާއި ހަދީޘްތައް ވަރަށް ގިނައެވެ.

އިބްނުލްޤައްޔިމު رحمه الله އެކަލޭގެފާނުގެ ފޮތް، الوابل الصيب ގައި ޒިކުރު ކުރުމުގެ 70 އަށް ވުރެ ގިނަ ފައިދާ ބަޔާން ކޮށްފައިވެއެވެ.

އޭގެ ތެރެއިން އެއް ފައިދާއިން ފުއްދާލާނަމެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

”من قال سبحان الله العظيم وبحمده غرست له نخلة في الجنة“

أخرجه الترمذي وغيره وصححه الألباني

މާނައީ: ”سبحان الله العظيم وبحمده ކީޔާފި މީހަކަށް، ސުވަރުގޭގައި އޭނައަށް ޓަކައި ކަދުރު ރުކެއް އިންދޭނެއެވެ.“

115