މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ހުރި ބޮޑު ނުރައްކަލެއްކަން ކަށަވަރެވެ. މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގައިވެސް މިވަނީ މި ނުރައްކާތެރި ވަބާ ފެތުރި ޢާއްމުވެފައެވެ. ޤައުމުގެ ކުރިމަގު ކަމުގައިވާ ޒުވާނުންގެ ތެރެއިން ގިނަބަޔަކު މިވަނީ މިވަބާގައި ޖެހި، އެުބައިމީހުންގެ އުއްމީދުތައް ވެއްޔާ މޮޑެވި މާޔޫސްވެފައެވެ. މި ވަބާގައި ޖެހިފައިވާ ފަރުދަކު ނުވާ ޢާއިލާއެއް މިއަދު އަޅުގަނޑުމެންގެ ތެރޭފައި މަދުވާނެއެވެ. މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކު އޯވަރޑޯޒްވެ މަރުވުމުގެ ސަބަބުން ކުށެއްނެތް އެތައް ކުދިންނެއް ވަނީ ޔަތީމުވެފައެވެ. އެތައް އަންހެނުންނެއް ވަނީ ހުވަފެންވެފައެވެ. އެތައް ޢާއިލާތަކެއްގެ ދިރިއުޅުން ރޫޅި އެތައް ކުދިންނެއް ވަނީ ނިކަމެތިވެފައެވެ.
މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކު އޯވަރޑޯޒްވެ މަރުވުމުގެ ސަބަބުން އެތައް ޢާއިލާތަކެއްގެ ދިރިއުޅުން ރޫޅި އެތައް ކުދިންނެއް ވަނީ ޔަތީމުވެ، ނިކަމެތިވެފަ: ހުކުރުޚުތުބާ
މަސްތުވާތަކެތިން ލިބޭ ގެއްލުން އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެތަކެތި ބޭނުން ކުރާ މީހުންނަށެވެ. އެބައިމީހުން އެ ގެންދަނީ އެބައިމީހުންގެ ހަށިގަޑު އަމިއްލައަތުން ހަލާކުކުރަމުންނެވެ. އިސްލާމް ދީނުގައި އެހެން މީހުންނަށް ގެއްލުން ދިނުމާއި ގެއްލުން ލިބިގަތުންވެސް ވަނީ ޙަރާމް ކުރައްވާފައެވެ.