ނަޞޭޙަތާއި އިރުޝާދު
ދަރުހެއް އިންތިޒާމުކުރުމަށް ހޭދަވެގެންދާ ވަގުތާއި، އޮހޮރިގެންދާ ދަލާއި، ހޭކޭ ހިރަފުހާއި، ހޭދަވާ ފައިސާއަކީ ގެއްލެނިވެގެންދާނެ އެއްޗެއް ނޫން- ޝެއިޚް ރާމިޒް

”ﷲ ގެ މަގުގައި ތިބާ ކުރާކަމެއްގެ ތެރެއިން ގައިގައި ހޭކޭ ހިރަފުސްކޮޅަކީވެސް ތިބާ ޖަހަންނަމައިން ސަލާމަތްވުމުގެ ސަބަބަކަށް ވެދާނެއެވެ.

އެހެންކަމުން މިސާލަކަށް ދަރުހެއް އިންތިޒާމުކުރުމަށް ގޮޑިކޮޅެއް ޖެހުމާއި، ސްޓޭޖާއި، ބެކްޑްރޮޕް ހެދުންފަދަ ކަންކަމުގައި ހޭދަވެގެންދާ ވަގުތާއި، އޮހޮރިގެންދާ ދަލާއި، ހޭކޭ ހިރަފުހާއި، ހޭދަވާ ފައިސާއަކީ ގެއްލެނިވެގެންދާނެ އެއްޗެއް ނޫނެވެ.“ ޝެއިޚް ރާމިޒް

މާތްﷲ ވަޙީކުރައްވާފައިވެއެވެ.

وما أنفقتم من شيء فهو يخلفه و هو خير الرازقين

(އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް އެކަލާނގެ އޭގެ ބަދަލުދެއްވަތެވެ. އެކަލާނގެއީ ރިޒުޤުދެއްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ.)  سورة سبأ

ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، ނުބައި ކަންކަން ނަހީކުރުމުގެ މަތިވެރި މަސްއޫލިއްޔަތު

ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ އިސްލާމީ މުޖުތަމަޢެއްގެ އެންމެ މުހިއްމު އެއް ލޭނާރެވެ. މި އުއްމަތަކީ އެންމެ ހެޔޮ އުއްމަތް ކަމުގައި ވެފައި ވަނީ ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރާ ބަޔަކަށްވާތީއެވެ.

 

ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ މުއުމިނުންގެ ސިފައެކެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ..) [التوبة: 71]

مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް أمر ކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ.

މި އާޔަތުން އެނގޭ ގޮތުގައި ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުންވަނީ މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީވުމާއި ނަޞްރުދިނުމުގެ ތެރެއިންނެވެ.

ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ އުއްމަތުގެ ފަލާޙާއި ކާމިޔާބުގެ އެންމެ މުހިއްމު ސަބަބުކަމުގައި ބަޔާންކުރައްވަމުން މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ [آل عمران: 104]

ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.

(من رأى منكم منكرًا فليغيره بيده، فإن لم يستطع فبلسانه، فإن لم يستطع فبقلبه، وذلك أضعف الإيمان.) صحيح مسلم

މާނަ : ” ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ، އެމީހެއްގެ އަތުން އެކަން ހުއްޓުވާށެވެ. ފަހެ އަތުން ހުއްޓުވަން ކުޅަދާނަ ނުވާ މީހެއްނަމަ ދުލުން އެކަމަށް އިންކާރުކޮށް މަނާކުރާށެވެ. އެކަމަށްވެސް ކުޅަދާނަ ނުވާނަމަ ހިތުން އެކަމަށް އިންކާރުކުރާށެވެ. އަދި އެއީ އީމާންކަމުގެ އެންމެ ދަށް މިންވަރެވެ. “ތިބާގެ ބާރާއި ނުފޫޒު އިތުރުވާވަރަކަށް، މި ތަކުލީފު ތިބާގެ ކޮނޑުގައި އެޅޭ މިންވަރު ބޮޑުވެގެންދެއެވެ.

ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، ނުބައި ކަންކަން ނަހީކުރުމަކީ ފަރުދީ އަދި ޖަމާޢީ ވާޖިބެކެވެ. ތިބާގެ ބާރާއި ނުފޫޒު އިތުރުވާވަރަކަށް، މި ތަކުލީފު ތިބާގެ ކޮނޑުގައި އެޅޭ މިންވަރު ބޮޑުވެގެންދެއެވެ.

https://www.facebook.com/ilmjamiyya/posts/787006948326958

މަސްދަރު:

ޝެއިޚް ރާމިޒުގެ ފޭސްބުކު ޕޯސްޓެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

6