ނަޞޭޙަތާއި އިރުޝާދު
މައްކާގެ ނޫރު ފަރުބަދަ

ހިރާ ހޮހޮޅަ ހުންނަނީ މައްކާ އާ ގާތްގަނޑަކަށް 4 ކިލޯ މީޓަރު ދުރުގައެވެ. މިތަންވަނީ ނޫރު ފަރުބަދަ (ޖަބަލުއް ނޫރު) މަތީގައި 634 މީޓަރު އުހުގައެވެ. އެ ޒަމާނުގައި ހޮހޮޅައިގައި އިންނަ މީހަކަށް މައްކާގެ ޙަރަމުގެ ސަރަހައްދު ހާމައަށް ފެންނާން އޮވެއެވެ.

ނޫރު ފަރުބަދަ އަކީ ދުރުންވެސް ފަސޭހައިން ފާހަގަ ކުރެވޭފަދަ ބައްޓަމަކަށް ހުންނަ ފަރުބަދަ އެކެވެ. ފަރުބަދައިގެ އެންމެ އުސްބައި ފެންނަނީ ޖަމަލުގެ ބުރަކަށިމަތީގައި އުފުއްލިފައި ހުންނަ ގުދުގެ ބައްޓަމަށެވެ.

68