ޚަބަރު
މީސްތަކުން މެދުގައި ރިޒުޤު ބައްސަވާފައިވަނީ، އެކަކުގެ އަތުގައިވާ އެއްޗަކަށް އަނެކަކު ބޭނުންވާނޭ ފަދަ ގޮތަކަށް: ހުކުރުޚުތުބާ

ތަނަވަސްކަމާއި، ރޯދިބަރަކާތް މާތްﷲ ދެއްވާފައިވަނީ، އެކި މީހުންނަށް އެކި މިންވަރަށެވެ. މިކަމުގައި ވެސް މަތިވެރިގެންވާ އިލާޙީ ޙިކުމަތްތަކެއް ވެއެވެ. ﷲ އިރާދަކުރެއްވި ނަމަ އެންމެންނީ އެއްވަރެއްގައި ތަނަވަސް ބަޔަކު ކަމުގައި ލެއްވީހެވެ. ނަމަވެސް އެކަލާނގެ މީސްތަކުން މެދުގައި ރިޒުޤު ބައްސަވާފައިވަނީ، އެކަކުގެ އަތުގައިވާ އެއްޗަކަށް އަނެކަކު ބޭނުންވާނޭ ފަދަ ގޮތަކަށެވެ.

   މީސްތަކުން މެދުގައި ރިޒުޤު ބައްސަވާފައިވަނީ، އެކަކުގެ އަތުގައިވާ އެއްޗަކަށް އަނެކަކު ބޭނުންވާނޭ ފަދަ ގޮތަކަށް: ހުކުރުޚުތުބާ

 

އެހެންކަމުން، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަށް އެކަލާނގެ ވަނީ އަމުރުކުރައްވައި ގޮވާލައްވާފައެވެ. އަދި ތަނަވަސްކަމުގެ އަހުލުވެރިންގެ މުދަލުން ޒަކާތް ނެންގެވުމަށް އެކަލާނގެ ރަސޫލާ އަށްވަނީ އަމުރު ކުރައްވާފައެވެ. ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ. “އޭގެ ސަބަބުން ކަލޭގެފާނު އެއުރެން ތާޙިރު ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަގާތެއް އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ.”

21