ޚަބަރު
މައިންބަފައިން ޢުމުރުން ދުވަސްވެ، ލޯބޯ ކޮށިވެފައިވާ ޙާލުގައި އެ މީހުންނަށް އެހީތެރިވެ އަޅައިލުމަކީ، ކޮންމެ ދަރިއެއްގެ ވާޖިބެއް: ހުކުރުޚުތުބާ

 

ކޮންމެ އިންސާނަކު ވެސް ދުނިޔޭގައި ލަހައްޓަވައިފި ނަމަ ޢުމުރުން ދުވަސްވެ، މުސްކުޅި ޢުމުރާ ކުރުމަތިލާން ޖެހޭނެކަން ހަނދާންކުރަން ޖެހޭނެއެވެ. ތިމާގެ ޙަޔާތުގައި މަންމަ ނުވަތަ ބައްޕަ، ޢުމުރުން ދުވަސްވެ، ލޯބޯ ކޮށިވެފައިވާ ޙާލުގައި އެ މީހުންނަށް އެހީތެރިވެ އަޅައިލުމަކީ، ކޮންމެ ދަރިއެއްގެ ވާޖިބެކެވެ.

މަންމަ ނުވަތަ ބައްޕަ، ޢުމުރުން ދުވަސްވެ، ލޯބޯ ކޮށިވެފައިވާ ޙާލުގައި އެ މީހުންނަށް އެހީތެރިވެ އަޅައިލުމަކީ، ކޮންމެ ދަރިއެއްގެ ވާޖިބެއް:

އެ ޙާލުގައި، އެ މީހުންގެ ފުށުން ކުރިމަތިވާ އުނދަގޫތަކަށް ކެތްތެރިވާންވާނެއެވެ. އެބައިމީހުންނާ މުއާމަލާތްކުރަން ވާނީ، އޯގާތެރިކަމާއެކުގައެވެ. ތިބާގެ އެއްވެސް އާރެއް ބާރެއް ނެތް ދުވަހު މައިންބަފައިން އެބައިމީހުންގެ އުފަލާއި އަރާމު ޤުރުބާންކޮށް، ތިބާއަށް ކާންބޯންދީ ބަލަހައްޓައޮ އޯގާތެރިވީ ފަދައިންނެވެ.

22