އިބުރަތްތެރި ވާހަކަ
ވާހަކަ: މަގުމަތިން ގަނޑުކޮޅެއް ނެގި މީހަކަށް ވީގޮތް

އެއްދުވަހަކު ބިޝްރު އިބްނުލް ޙާރިޘާއާ ސުވާލު ކުރެވުނެވެ. 

”ކަލޭގެފާނު ނަން މީސްތަކުންގެ މެދުގައި އެހާ މަޝްހޫރު ވީ ކިހިނެއް ހެއްޔެވެ؟ ކަލޭގެފާނުގެ ނަން ނަބީބެކަލެއްގެ ނަންފުޅެއް ފަދައެވެ.“

އެކަލޭގެފާނު ކިޔާދެއްވިއެވެ.

މިއީ މާތް ﷲގެ ރަޙުމަތެވެ. ތިމަންކަލޭގެފާނަކީ ކުރީގައި ވަރަށް ގިނައިން ތަންތަނަށް ގޮސް އުޅުނު މީހެކެވެ. އެއްދުވަހަކު އެގޮތަށް ނިކުމެ އުޅެނިކޮށް މަގުމަތީގައި އޮތް ގަނޑުކޮޅެއް ފެނުނެވެ. އެ ގަނޑުކޮޅު ނަގާ ބަލާލިއިރު އޭގައި ލިޔެވިފައިވާނި بسم الله الرحمن الرحيم އެވެ. ދެން އެ ގަނޑުކޮޅުގައިވާ ހިރަފުސްތައް ފުހެލުމަށްފަހު ޖީބަށް ލީމެއެވެ. އެދުވަހު ތިމަންކަލޭގެފާނުގެ އަތުގައި އޮތީ އެންމެ ދެ ދިރުހަމެވެ. ދެން އެ ދިރުހަމު ހިފައިގެން އަތަރު ވިއްކާ ފިހާރައަކަށް ގޮސް ވަރަށް މީރުވަސް ދުވާ އަތަރެއް ގަތީމެވެ. އެއަށްފަހު އެ އެ ގަނޑުކޮޅުގައި އެ އަތަރު ހޭކީމެވެ. 

އެރޭ ނިދާފައި އޮއްވާ ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި މީހަކު ބުނާ އަޑު އިވުނެވެ. ”އޭ ބިޝްރު އިބުނުލްޙާރިޘެވެ! ތިމަން އިލާހުގެ އިސްމުފުޅު ބިންމަތިން ނަގާ އޭތީގައި ހުވަދުލުމުގެ ސަބަބުން ތިބާގެ ނަން ދުނިޔެއާއި އާޚިރަތުގައި ރީތި ކޮށްދެއްވާނަމެވެ.“ 

އެރެއަށްފަހު ކަންތައްތައް އެގޮތަށް ވެގެން ދިޔައީއެވެ.“

މާތް ﷲ އީ الجميل އެވެ. الطَيِّبُ އެވެ. އެކަލާނގެ ރީތި ތަކެއްޗަށް ލޯބިކުރައްވަވައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ހަށިގަނޑާއި ފޭރާމާއި އުޅޭތަނާއި ވާހަކަ ދެއްކުމާއި ހުރިހާ ކަމެއް ވެސް ރީތި ކުރަން ވާނެއެވެ.

100