ޢިލްމާއި އަޚުލާޤުގެ މަތީގައި އާ ޖީލެއް ބިނާކުރަން ބޭނުންނަމަ، އަހަރެމެންވެސް ކުރަންވީ ކަމަކީ، ކީރިތި ޤުރުއާނުގައިވާ މަތިވެރި ޢަޤީދާއާއި، އެ ޤުރުއާނުގައިވާ މަތިވެރި ޢިލްމު، އަހަރެމެންގެ ޅަދަރީންގެ ހިތްތަކުގައި ބިންވަޅުނަގައި ދިނުމެވެ.
ކީރިތި ޤުރުއާނުގައިވާ މަތިވެރި ޢަޤީދާއާއި ޢިލްމު އަހަރަމެންގެ ޅަދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިގެން މެނުވީ ރިވެތި އަޚުލާޤުގެ މަތީގައި އާ ޖީލެއްބިނާއެއް ނުކުރެވޭނެ: ހުކުރުޚުތުބާ
އެކަން ކޮށްނުދެވިއްޖެނަމަ އެއްދުވަހުން އަނެއް ދުވަހަށް، ޤައުމު ދާނީ ނިކަމެތިވެ ދަށު ދަރަޖައަށް ވެއްޓެމުންނެވެ. ކީރިތި ނަބިއްޔާ ހަދީޘެއްގެ މާނަގައިވެއެވެ. ”ހަމަ ކަށަވަރުން، މިފޮތުގެ ސަބަބުން ﷲ ތަޢާލާ، ޤައުމުތަކެއް މަތިވެރި ކުރައްވައެވެ. އަދި އަނެއްބަޔަކު ނިކަމެތި ކުރައްވައެވެ.