އީ-ކުތުބު
އައްޝައިޚް މުޙައްމަދު އިބްރާހީމްގެ ފައިދާހުރި 7 ފޮތެއް

1. ކިތާބުއް ތައުހީދު

ކިތާބުއް ތައުހީދު ނުވަތަ ތައުހީދު ފޮތަކީ އެފޮތުގައި ކޮންމެ މުސްލިމަކަށް އެނގެންޖެހޭ ތައުހީދާއި ޝިރުކުރުގެ މައުލޫމާތުތައް އެކުލެވޭ ނުހަނު ބޭނުންތެރި ފޮތެކެވެ. މިފޮތުގައި ތައުހީދުގެ މާތްކަމާއި މަތިވެރިކަމާއި އަދި ތައުހީދުގެ ވައްތަރުތަކުގެ އިތުރުން ޝިރުކުރުމުގެ ބާވަތްތަކާއި އިތުރު މައުލޫމާތުވެސް ހިމެނެއެވެ.

ފޮތް ޑައުންލޯޑްކޮށްލުމަށް

 

2. ތައުހީދުގެ ޚުލާޞާ

މިއީ އިސްލާމީ ފުރުހަމަ ޢަޤީދާ ފަސޭހަކަމާއެކު ދަސްކުރުމަށް ވަރަށް މުހިއްމު ފޮތެކެވެ. ފޮތުގައި ހުރިހައި މައުލޫމާތެއްވެސް ގެންސްފައިވާނީ ޚުލާޞާކޮށް ފަހުމްވުމަށް ފަސޭހަކޮށެވެ. ފޮތް ކިޔާލަމާ ހިނގާށެވެ!

ފޮތް ޑައުންލޯޑްކޮށްލުމަށް

 

3. ކިތާބުއް ޠަހާރާ

އިންސާނާގެ އެތެރެފުށް ސާފުވުމުގެ އިތުރަށް ބޭރުފުށް ސާފުވުމަކީ ވެސް މުހިއްމުކަމެކެވެ. ބޭރުފުށް ސާފުކުރުމަކީ ޢަމަލުތައް ސާފުވުމެވެ. އޭގެތެރޭގައި އޭނާގެ ޖިސްމާއި އޭނާގެ ފޭރާން ސާފުވުން ހިމެނެއެވެ. މިފޮތުގައި ވަނީ އެވާހަކަތަކެވެ. މުހިއްމު ބޭނުންތެރި ފޮތެކެވެ.

ފޮތް ޑައުންލޯޑްކޮށްލުމަށް

 

4. ކިތާބުއް ޞަލާތި(ނަމާދު ފޮތް)

މިއީ ނަމާދާ ގުޅޭ ޙުކުމްތައް ބަޔާންކޮށްދީ ލިޔެފައިވާފޮތެކެވެ. ނަމާދާ ގުޅޭގޮތުން އުފެދޭ ވަރަށް ގިނަ ސުވާލުތަކުގެ ޖަވާބު މިފޮތުން ލިބޭނެއެވެ.

ފޮތް ޑައުންލޯޑްކޮށްލުމަށް

 

5. ކިތާބުއް ޞިޔާމް (ރޯދައިގެ ޙުކުމްތައް)

މިއީ ރޯދައިގެ ޙުކުމްތައް ކިޔައިދެއްވާފައިވާ އުއްމަތުގެ މުސްލިމުންނަށް ނުހަނު ބޭނުންތެރިފޮތެކެވެ. ކޮންމެ ރޯދަ މަހެއްގެ ކުރިން ކިޔައިލަން މުހިއްމު ފޮތެކެވެ.

ފޮތް ޑައުންލޯޑްކޮށްލުމަށް

 

6. ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.

ބިދުޢައަކީ ކޮބައި ހެއްޔެވެ؟ އޭގެ ބައިތަކަކީ ކޮބައި ހެއްޔެވެ؟ ބިދުޢަ ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ބިދުޢައަކީ ކިހައި ނުރައްކާ އެއްޗެއް ހެއްޔެވެ؟ ބިދުޢައިން ސަލާމާތްވާނީ ކިހިނެއް ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު މިފޮތުން ލިބޭނެއެވެ. ކިޔައިލަމާ ހިނގާށެވެ!

ފޮތް ޑައުންލޯޑްކޮށްލުމަށް

 

7. ހިސްނުލް މުސްލިމްގެ ދިވެހި ތަރުޖަމާ

މިފޮތުގެ ވާހަކަ އަޅުގަނޑު އިތުރަށް ދައްކާކަށް ނުޖެހޭނެއެވެ. އެންމެން ވެސް ދަންނަ ދުޢާ ފޮތެކެވެ. މިއީ މި މަޝްހޫރު ފޮތުގެ ދިވެހި ތަރުޖަމާއެވެ.

ފޮތް ޑައުންލޯޑްކޮށްލުމަށް

 

41