اَلْحَمْدُ لِلَّهِ.
މުސްލިމު އަޅާގެ އީމާންކަމަކީ ބަލިކަށި ވާނެ އެއްޗެކެވެ. ބައެއްފަހަރު އޭނާގެ ހަވާ ނަފްސުގެ އެދުން އޭނާގެ މައްޗަށް ގަދަވެގަނެއެވެ. ޝައިޠާނާ އޭނާއަށް ފާފަ ޒީނަތްތެރި ކޮށްދެއެވެ. އޭގެ ސަބަބުން އޭނާ ﷲ ޙަރާމް ކުރައްވާފައިވާ ކަންކަމަށް އަރައިގަނެ އޭނާގެ ނަފްސުގެ މައްޗަށް އަނިޔާވެރި ވެއެވެ. ﷲ އީ އަޅުތަކުންގެ މައްޗަށް އޯގާވަންތަ އިލާހެވެ. އެއިލާހުގެ ރަޙުމަތް ހުރިހާ އެއްޗަކަށް ތަނަވަސްވެގެން ވެއެވެ. ފަހެ (ފާފަކޮށް ނަފްސުގެ މައްޗަށް) އަނިޔާވެރި ވުމަށް ފަހު ތައުބާ ވެއްޖެ މީހާއަށް ﷲ ތައުބާ ލައްވަވާނެއެވެ. ހަމަކަށަވަރުން އެއިލާހަކީ ފާފަ ފުއްސަވާ ރަޙީމުވަންތަ އިލާހެވެ.
فَمَن تَابَ مِن بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّهَ يَتُوبُ عَلَيْهِ ۗ إِنَّ اللَّهَ غَفُورٌ رَّحِيمٌ [1]
މާނައީ: “އަދި އޭނާގެ އެ އަނިޔާވެރި ކަމަށްފަހު އޭނާ ތައުބާވެ އިޞްލާޙު ކޮށްފިއްޔާ ފަހެ ހަމަކަށަވަރުން الله އޭނާގެ މައްޗަށް ތައުބާ ލައްވާނެއެވެ. ހަމަކަށަވަރުން الله އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހެވެ.”
ﷲ އީ (އަޅުތަކުންގެ ފާފަ) ޢަފޫ ކުރައްވާ ދީލަތިވަންތަ އިލާހެވެ. އެއިލާހުގެ ރަޙުމަތާއި އަދި ސުވަރުގެ ޙާޞިލުވާ މިހުންގެ ތެރެއިން ވުމަށް ހުރިހާ މުއުމިނުތަކުންގެ މައްޗަށް ތެދުވެރި ތައުބާއަކުން ތައުބާ ވުމަށް الله އަމުރު ކުރައްވާފައި ވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ [2]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ތެދުވެރި ތައުބާއަކުން ﷲ އަށް ތައުބާ ވާށެވެ. އޭރުން ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވައި އަދި އެތަންތާނގެ ދަށުން އާރުތައް ދެމިދެމި އޮންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވާނެއެވެ.”
ހުޅަނގު ފަރާތުން އިރު އަރަންދެން ތައުބާގެ ދޮރު އަޅުތަކުންނަށް ވަނީ ހުޅުވިގެންނެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރެއްވިއެވެ.
إن الله عز وجل يبسط يده بالليل ليتوب مسيء النهار ويبسط يده بالنهار ليتوب مسيء الليل حتى تطلع الشمس من مغربها [3]
މާނައީ: “ހަމަކަށަވަރުން ރޭގަނޑު ފާފަ ކުރާ މީހުން ތައުބާ ވުމަށް ދުވާލު ﷲ عَزَّ وَجَلَّ އެއިލާހުގެ އަތްޕުޅު ފަތުރާ ލައްވައެވެ. އަދި ދުވާލުގެ ވަޤުތު ފާފަ ކުރާ މީހުން ތައުބާ ވުމަށް ރޭގަނޑު އެއިލާހުގެ އަތްޕުޅު ފަތުރާ ލައްވާއެވެ. ހުޅަނގު ފަރާތުން އިރު އަރަންދެން މިކަން މިގޮތަށް ކުރިއަށް ދާނެއެވެ.”
ތެދުވެރި ތައުބާ އަކީ ހަމައެކަނި ދުލުން ބުނެލާ ބަހެއް ނޫނެވެ. ތައުބާ ޤަބޫލު ވުމަށް ތައުބާ ވާ މީހާ އެ ފާފައިން އެކީ ދުރުވަމަކީ ޝަރުޠެކެވެ. އަދި ފާއިތުވެ ދިޔަ ކަމުގެ މައްޗަށް ހިތާމަ ކުރަން ޖެހެއެވެ. އަދި ތައުބާ ވެފައިވާ ކަމުގެ މައްޗަށް އަލުން އަނބުރާ ނުދިއުމަށް ޢަޒުމު ކަނޑައަޅަން ޖެހެއެވެ. އަދި މީހެއްޤެ ޙައްޤަކަށް އަރައިގަނެފައިވާނަމައެމީހަކަށް އެ ޙައްޤު ރައްދު ކޮށްދޭން ޖެހޭނެއެވެ. އަދި އެ ތައުބާ އަކީ މަރުގެ ތުންފަތް މަތީގައި ވާ ތައުބާ އަކަށް ވެގެން ނުވާނެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
إِنَّمَا التَّوْبَةُ عَلَى اللَّهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُولَـٰئِكَ يَتُوبُ اللَّهُ عَلَيْهِمْ ۗ وَكَانَ اللَّهُ عَلِيمًا حَكِيمًا – وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّىٰإِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ وَلَا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ ۚ أُولَـٰئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا [4]
މާނައީ: “ހަމަކަށަވަރުން ތައުބާ ލެއްވުން ވަނީ ނޭނގިތިބެ ކުށްކުރާ މީހުންނަށެވެ. ދެން އެއާއި ވިދިގެން އަވަހަށް ތައުބާ ވާ މީހުންނަށެވެ. ފަހެ الله އެބައިމީހުންގެ މައްޗަށް ތައުބާ ލައްވައެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ ޙަކީމުވަންތަ އިލާހެއްކަމުގައި ވެއެވެ. އަދި ނުބައި ކަންތައްތައް ކުރާމީހުން އެމީހުން ތައުބާ ނުވެތިއްބައި މަރު ޙާޟިރު ވުމުން މިއަޅާ މިހާރު ތައުބާ ވެއްޖައީމޭ ބުނާ މީހުންގެ މައްޗަށާއި އަދި ކާފަރުކަންމަތީ މަރުވެގެންދާ މީހުންގެ މައްޗަކަށް ތައުބާ އެއް ނުވެއެވެ. އެބައިމީހުންނަށް ވޭންދެނިވި ޢަޛާބެއް ތިމަންއިލާހު ތައްޔާރު ކުރެއްވީމެވެ.”
ﷲ އީ ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ. އަދި ފާފަ ކުރާ މީހުންނަށް ތައުބާ ވުމަށް ގޮވާލާ އިލާހެވެ. އެއީ އެބައިމީހުންނަށް ތައުބާ ލެއްވުމަށެވެ.
كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ الرَّحْمَةَ ۖ أَنَّهُ مَنْ عَمِلَ مِنكُمْ سُوءًا بِجَهَالَةٍ ثُمَّ تَابَ مِن بَعْدِهِ وَأَصْلَحَ فَأَنَّهُ غَفُورٌ رَّحِيمٌ [5]
މާނައީ: “ތިޔަބައިމީހުންގެ ރައްބު އެއިލާހުގެ ނަފްސުފުޅުގެ މައްޗަށް ރަޙުމަތް ލިޔުއްވާފައި ވެއެވެ. ތިޔަބައިމީހުން ކުރެ މީހަކު ނޭނގިގެން އޮޅުމެއްގެ ތެރޭގައި ނުބައިކަމެއް ކޮށް، ދެން އެއަށްފަހު އެމީހަކު ތައުބާވެ ޞާލިޙު ޢަމަލު ކޮށްފި ކޮންމެ މީހަކު ދަންނާށެވެ! ހަމަކަށަވަރުން އެއިލާހަކީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހެވެ.”
ﷲ އީ އަޅުތަކުންނާއި މެދު ނުހަނު އޯގާވަންތަ އަދި ތައުބާ ވާ މީހުން ދެކެ ލޯބިވެވޮޑިގަންނަވާ އިލާހެވެ. އަދި އެއިލާހު ވަޙީ ކުރައްވާފައިވާ ފަދައިން އެބައިމީހުންގެ ތައުބާ އެއިލާހު ޤަބޫލު ކުރައްވައެވެ.
وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ [6]
މާނައީ: “އަދި އެއިލާހުގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލުކުރައްވާ އަދި ކުށްފާފަތައް ޢަފޫ ކުރައްވާ އިލާހަކީ އެއީއެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް އެއިލާހު މޮޅަށް ދެނެވޮޑިގެން ވެއެވެ.”
އަދިވެސް އެއިލާހު ވަޙީ ކުރައްވާފައި ވެއެވެ.
إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ [7]
މާނައީ: “ހަމަކަށަވަރުން ﷲ ގިނަގިނައިން ތައުބާ ވާ މީހުންދެކެ ލޯބިވެވޮޑިގަންނަވައެވެ. އަދި ޠާހިރު ވާ މީހުންދެކެ ލޯބިވެވޮޑިގަންނަވައެވެ.”
ކާފަރު މީހާ އިސްލާމު ވެއްޖެނަމަ އޭނާގެ ފާފަތައް ހެޔޮކަންކަމަށް ﷲ ބަދަލު ކުރައްވަވާނެއެވެ. އަދި އެއިލާހު ވަޙީ ކުރައްވާފައިވާ ފަދައިން އޭނާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވައި ދެއްވާނެއެވެ.
قُل لِّلَّذِينَ كَفَرُوا إِن يَنتَهُوا يُغْفَرْ لَهُم مَّا قَدْ سَلَفَ [8]
މާނައީ: “ކަލޭގެފާނު ކާފަރުންނަށް ވިދާޅުވާށެވެ! އެބައިމީހުން ކާފަރުކަން ދޫކޮށްފިނަމަ އެބައިމީހުންގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސެވޭނެއެވެ.”
ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އަދި އެއިލާހުގެ އަޅުތަކުން ތައުބާ ވުމަށް ލޯބިވެވޮޑިގަންނަވާ އިލާހެވެ. އެއިލާހު ފާފަވެރިންނަށް ފާފަ ފުއްސަވައި ދެއްވުމަށްޓަކައި އެބައިމީހުންނަށް ތައުބާ ވުމަށް އަމުރު ކުރެއެވެ. އަދި އިންސާނުންގެ ތެރެއިންނާއި ޖިންނީންގެ ތެރެއިން ވާ ޝައިޠާނުން ބޭނުންވަނީ މީސްތަކުން ޙައްޤުން ބާޠިލަށް ލެނބުމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
وَاللَّهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَن تَمِيلُوا مَيْلًا عَظِيمًا [9]
މާނައީ: “އަދި ﷲ އެދިވޮޑިގަންނަވަނީ ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލެއްވުމަށެވެ. އަދި ހަވާ ނަފްސުގެ އެދުންތަކާއި ޝަހުވަތް ތަކަށް ތަބަޢަ ވާ މީހުން އެދެނީ (އެމީހުންގެ ބާޠިލު ގޮތަށް) ތިޔަބައިމީހުންވެސް ބޮޑުވެގެންވާ ލެނބުމަކުން ލެނބުމަށެވެ.”
ﷲ ތަޢާލާގެ ރަޙުމަތް ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސް ވެގެން ވެއެވެ. ފަހެ އަޅާގެ ފާފަ ބޮޑުވެ އަދި އޭނާގެ ނަފްސުގެ މައްޗަށް އިސްރާފަކަށް ވާ މިންވަރަށް ކުށްފާފަ ކޮށް އެއަށްފަހު ތައުބާވި ނަމަވެސް ﷲ ތަޢާލާ އެމީހަކަށް ތައުބާ ލައްވަވާނެއެވެ. އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިން އެނާގެ ފާފަތައް ކިތަންމެ ގިނަ ކަމުގައި ވިޔަސް ފުއްސަވައި ދެއްވާނެއެވެ.
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ [10]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ފާފަކުރުމުގައި އެބައިމީހުންގެ ނަފްސު ތަކުގެ މައްޗަށް އިސްރާފުކޮށްފައިވާ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ﷲ ގެ ރަޙުމަތުން ތިޔަބައިމީހުން އުންމީދު ކަނޑައި ނުލާށެވެ. އެހެނީ ހަމަކަށަރުން ﷲ އެންމެހައި ފާފަތައް ފުއްސަވައެވެ. ހަމަކަށަވަރުން އެއިލާހަކީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހެވެ.”
ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمޙަދީޘް ކުރައްވާފައި ވެއެވެ.
ينزل ربنا تبارك وتعالى كل ليلة إلى السماء الدنيا، حين يبقى ثلث الليل الآخر، فيقول من يدعوني فأستجيب له، من يسألني فأعطيه، من يستغفرني فأغفر له.[11]
މާނައީ: ” ކޮންމެ ރެއެއްގެ ތިން ބައިން ފަހު ބަޔަށް ވެފައިވަނިކޮށް، އަޅަމެންގެ ރައްބު تبارك وتعالى ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވައި ވަޙީކުރައްވައެވެ. ‘ތިމަންއިލާހުގެ ޙަޟްރަތަށް ދުޢާ ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ. ތިމަން އިލާހުގެ ޙަޟްރަތުން ކަމަކަށް އެދެނީ ކާކު ހެއްޔެވެ. ފަހެއެމީހަކު އެދޭކަމެއް ދެއްވާ ހުށީމެވެ. ތިމަންއިލާހުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ފާފަ ފުއްސަވާ ހުށީމެވެ.”
(އަހަރެމެންގެ) ނަފްސަކީ ބަލިކަށި އެއްޗެކެވެ. ފަހެ އިންސާނާއަށް ފާފައެއް ކުރެވިއްޖެނަމަ އޭނާގެ މައްޗަށް ވަނީ ތައުބާވެ އަދި ކޮންމެ ހިނދެއްގައިވެސް އިސްތިޣުފާރު ކުރުމެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހެވެ.
وَمَن يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَّحِيمًا [12]
މާނައީ: “އަދި ނުބައިކަމެއް ކޮށް ނުވަތަ އެމީހެއްގެ ނަފްސަށް އަނިޔާވެރިވެ، އެއަށްފަހު ﷲ ގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވާ އިސްތިޣުފާރު ކުރާ މީހާ ދަންނާށެވެ. ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހެވެ.”
މުސްލިމަކީ ކުށްތަކަށާއި ފާފަތަކަށް ވާ ހުރަހެކެވެ. ވުމާއެކު މުސްލިމު އަޅާގެ މައްޗަށް ވަނީ ތައުބާ ވުމާއި އިސްތިޣުފާރު ކުރުން ގިނަ ކުރުމެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރެއްވިއެވެ.
والله إني لأستغفر الله، وأتوب إليه في اليوم أكثر من سبعين مرة [13]
މާނަައީ: “ﷲ ހެކިކޮށް ބުނަމެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު 70 ފަހަރަށް ވުރެ ގިނައިން ﷲ އަށް އިސްތިޣުފާރުކޮށް ތައުބާވެވަޑައިގަންނަވަމެވެ.”
ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުން ތައުބާވުމަށް ލޯބިވެވޮޑިގަންނަވައެވެ. އަދި އެބައިމީހުންގެ ކިބައިން ތައުބާ ޤަބޫލު ކުރައްވައެވެ. އަދި ކިއެއްހެއްޔެވެ! އަޅުތަކުން ތައުބާ ވުމަކީ ﷲ ތަޢާލާ އުފާވެވޮޑިގަންނަވާ ކަމެކެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރެއްވިއެވެ.
لله أفرح بتوبة عبده من أحدكم، سقط على بعيره، وقد أضله في أرض فلاة. [14]
މާނައީ: “މީހަކު އެނާގެ ދަތުރު ކުރަމުން ދިޔަ ޖަމަލުން ވެއްޓި ނުރައްކާތެރި ބިމެއްގައި މަގު ގެއްލިފައިވާ މީހަކަށް އޭނާގެ ޖަމަލު އަނބުރާ ލިބުމުން ވާ އުފަލަށްވުރެ ބޮޑަށް ﷲ ތަޢާލާ އެއިލާހުގެ އަޅާ ތައުބާ ވުމުން އުފާވެވޮޑިގަންނަވައެވެ.”
والله أعلم
ލިޔުމުގެ އަޞްލު
https://islamqa.info/ar/answers/14289/%D8%A7%D9%84%D8%AA%D9%88%D8%A8%D8%A9
[1] سورة المائدة 39
[2] سورة التحريم 8
[3] رواه مسلم 2759
[4] سورة النساء 17-18
[5] سورة الأنعام 54
[6] سورة الشورى 25
[7] سورة البقرة 222
[8] سورة الأنفال 38
[9] سورة النساء 27
[10] سورة الزمر 53
[11] رواه البخاري 1077، رواه مسلم 758
[12] سورة النساء 110
[13] رواه البخاري 6307
[14] أخرجه البخاري 6309