ޚަބަރު
ޤިޔާމަތް ދުވަހަކީ އެއްވެސް މީހަކު އަނެކަކަށް އެހީތެރިވެދޭނެ ޙާލެއްގައި ތިބޭނެ ދުވަހެއް ނޫން!

ޤިޔާމަތް ދުވަހަށް ބިރުވެތިވެ، އެ ދުވަހަށް ތައްޔާރުވާށެވެ! އެ ދުވަހަކީ އެއްވެސް މީހަކު އަނެކަކަށް އެހީތެރިވެދޭނެ ޙާލެއްގައި ތިބޭނެ ދުވަހެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް ފައިދާ ކުރާނީ އެ މީހަކު މި ދުނިޔޭގައި ކޮށްފައިވާ ހެޔޮ ޢަމަލަކުންނެވެ. މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ. ”ފަހެ ގަދަފަދަ އަޑު އަތުވެއްޖެ ހިނދެވެ! އެއީ މީހާ އޭނާގެ އަޚާގެ ކިބައިންނާއި އޭނާގެ މަންމައާއި ބައްޕަގެ ކިބައިންނާއި އޭނާގެ އަނބިމީހާ އާއި ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ.“ އާނއެކެވެ. އެ ދުވަހު ކޮންމެ ނަފްސެއް ވެސް ގޮވަމުންދާނީ ”ނަފްސީ ނަފްސީ“ އެވެ. އެ ދުވަހު ހުރިހައި ކަމެއްގެ ބާރު ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ސުބުހާނަހޫ ވަތަޢާލާއަށެވެ.

0