ނަޞޭޙަތާއި އިރުޝާދު
އެއީ ވަރަށް ބޮޑު ދަރަނިވެރިއެކެވެ.

އެއްދުވަހެއްގައި ގޭގެ ދޮރުގައި 🚪 މީހަކު ޓަކި ޖެހިއެވެ. ދޮރު ހުޅުވީ އޭމީހާގެ ދަރިފުޅެވެ. ސަލާމެއް ނުގޮވައި އެއްވެސް އިޙްތިރާމަކާއި ނުލައި މީހަކު ގޭތެރެއަށް ވަދެގަނެ އޭނާގެ ގައިގައި ހިފައި ހަޅޭލަވައި ގަތެވެ. 😤

“ތިބާ ﷲ އަށް ބިރުވެތިވާށެވެ! ކަލޭގެ ބޮލުގައި އެޅިފައިވާ ދަރަނިތައް އަދާކުރާށެވެ.! ދެނެއް ކެތެއް ނުވާނެއެވެ.! އަހަރެން މިހާރު ކެއްކުރަން ޖެހޭ ވުރަށް ވެސް ބޮޑަށް ކެއް ކޮއްފީމެވެ.! ކަލޭ އާއި މެދު އަހަރެން ކަން ކުރަން ވީ ކިހިނަކުން ހެއްޔެވެ!”

ބައްޕަ އެޙާލުގައި ފެނި ދަރިފުޅު ފެންކަޅިވެއްޖެއެވެ. 😢 އަދި އެމީހާ އަށް ބުންޏެވެ:
“އަހަރެންގެ ބައްޕަގެ ބޮލުގައި ކިހާ ބޮޑު ދަރަންޏެއް ވޭހެއްޔެވެ؟”
އޭނާ ބުންޏެވެ:” 90,000 ރިޔާލަށް 💵 ތުރެއް ވެސް ބޮޑު ޢަދަދެކެވެ.”

ދަރިފުޅު ބުންޏެވެ: “ބައްޕަގެ ގައިން ދޫކޮށްލައި ހަމަ ޖެހިލާށެވެ. ހެޔޮކޮށް ވިސްނާށެވެ.!” މިހެން ބުނެ އަވަހަށް ކޮޓަރިއަށް ވަދެ ބޮޑު ޢަދަދެއްގެ ފައިސާ ބޮނޑިއެއް ހިފައިގެން ނުކުތެވެ. އޭގައި ވަނީ އޭނާ ވަރަށް ވެސް ދުވަސް ވަންދެން ކައިވެންޏަށް އެއްކުރަމުން އައި 27,000 ރިޔާލެވެ.

އެފައިސާ ގޮސް އެމީހާއަށް ދިނެވެ. އަދި ބާކީ ވަރަށް ވެސް އަވަހަށް އިން ޝާއަ ﷲ ރައްދު ކޮށްދޭނެ ކަމަށް ވަޢުދު ވިއެވެ. ބައްޕަ އަށް ކެއް ނުވެ ރުއި ގަތެވެ. އަދި އެމީހާ ކުރެން އެ ފައިސާ ގައި ނުހިފައި ދަރިފުޅަށް ރައްދު ކޮށްދިނުމަށް އެދުނެވެ. ދަރިފުޅު އެއަށް ބޭނުން ޖެހޭ ކަމާއި ދަރިފުޅުގެ އެއްވެސް ކުށެއް މިކަމުގައި ނެތް ކަމަށް ބުނެ އާދޭސް ކުރިއެވެ. އެހެނަސް އެފައިސާގައި ހިފުމަށް ދަރިފުޅު ބުންޏެވެ. އަދި މީގެ ފަހުން ބައްޕަ ކައިރިއަށް އައުމުގެ ބަދަލު އޭނާ ކައިރިއަށް ފައިސާ ހޯދުމަށް އައުމަށް އެދުނެވެ.

ދެން ދަރިފުޅު އެނބުރި ބައްޕަގެ ބޮލަށް ބޮސް ދެމުން ބުންޏެވެ.
“ލޯބިވާ ބައްޕާއެވެ.! 💖 ބައްޕަގެ ޤަދަރު އެ ފައިސާގެ ޢަދަދަށް ވުރެއް އެތައް ގުނައެއް ބޮޑެވެ.☝️ ބައްޕަގެ ހުރިހާ ދަރަންޏެއް ދައްކައިދެވޭ ވަރަށް ވެސް ފައިސާ އަހަރެންގެ އަތުގައި ވީނަމަ، ދައްކައި ދިނީމުހެވެ. އެކަމަކު ބައްޕަގެ ތިޠާހިރު ތުނބުޅިއަށް ލޮލުން ކަރުނަ ތިއްކެއްވެސް ވެއްޓޭ ތަން އަހަރެން ދެކެން ނޭދެމެވެ.”

ބައްޕަ އަށް އެމަންޒަރު ފެނި، ދަރިފުޅުގެ ބަސް އިވި ކުރި އަސަރުން ރޮވުނެވެ. އަދި ދަރިފުޅަށް ބޮސް ދޭ ޙާލު އެދަރިފުޅަށް ދުޢާ ކޮށްދެމުން ދިޔައެވެ. 🤲 “ﷲ ދަރިފުޅާއި މެދު ރުހި ވޮޑިގެން ވާށިއެވެ. އަދި ދަރިފުޅުގެ ކޮންމެ ކަމެއްގައި އެހީތެރިވެ ވޮޑިގެން ވާށިއެވެ.”

ޖެހިގެން އައި ދުވަހު ދަރިފުޅު މަސައްކަތުގައި ވަރަށް ބޮޑަށް މަޝްޣޫލުވެ އުޅެނިކޮށް، އޭނާގެ އެކުވެރިއެއް ޒިޔާރަތް ކުރިއެވެ. އެކުވެރިޔާ ނުފެންނަ ތާ ވަރަށް ދުވަސް ވެއްޖެއެވެ.

އެކުވެރިޔާ ބުންޏެވެ:
“އަޚާ އެވެ. އިއްޔަ އަހަރެން އޮފީހުގެ ވަރަށް އިސް މަޤާމެއްގައި އުޅޭ މީހަކާއި އެކު ބައްދަލުވުމަކަށް ދިޔައީމެވެ. އޭނާ އަހަރެންގެ ކިބައިން އިޚްލާޞްތެރި، ވަފާތެރި، މަސައްކަތް ކުރުމަށް ޝައުގުވެރިވާ އަދި ޚުލްޤު ހެޔޮ ޒުވާން ކުއްޖަކު ހޯދާ ދިނުމަށް އެދުނެވެ. އަހަރެންނަށް ތިބާ މެނުވީ މިވަޒީފާއަށް އެކަށީގެންވާ މީހެއް ނުފެނުނެވެ. އޭނާ އާއި ބައްދަލުކޮށްލުމަށް އަހަރެންނާއި އެކު މިއަދު ހަވީރު ހިނގާށެވެ.!”

ޒުވާނާ އުފަލުން ފޮޅުނެވެ. 😀 އަދި ބުންޏެވެ:
“ފަހަރެއްގައި އެއީ އަހަރެންގެ ބައްޕަގެ ދުޢާގެ ސަބަބުން ކަމަށް ވެދާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އިޖާބަ ކޮށްދެއްވީއެވެ.”

މިހެން ބުނެ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދުކޮށް ހަވީރުގައި އެކުވެރިޔާ އާއި އެކުގައި ދިޔައެވެ. އެމީހާއަށް އެޒުވާނާ ފެނުމާއި އެކު އޭނާގެ ހިތް ހަމަޖެހި އޭނާ ބުންޏެވެ. “މިއީ ސީދާ އަހަރެން ހޯދަމުން ދާ ޒުވާނާއެވެ.” އަދި ބުންޏެވެ. “މިހާރު ތިބާގެ މުސާރައަކީ ކޮބާ ހެއްޔެވެ؟!”

ސުވާލަށް ޖަވާބު ދެމުން ޒުވާނާ ބުންޏެވެ: “5,000 ރިޔާލެވެ.”
އެމީހާ ބުންޏެވެ:
“މާދަމާ ގޮސް ތިބާގެ ވަޒީފާއިން ވަކިވުމުގެ ސިޓީ 📧 ލާށެވެ. އަދި މިއަދުން ފެށިގެން ތިބާގެ މުސާރައަކީ 510,000 ރިޔާލެވެ. އަދި ކޮމިޝަނެއްގެ ގޮތުގައި %10, އަދި ކާރަކާއި 🚗 ގެއެއްގެ 🏡 ބަދަލުގައި މުޅި އެކު ދެ މުސާރައެވެ. އަދި ކޮންމެ ހަ މަހަކު ތިބާގެ ގޭގެ ތަކެތި އާ ކޮށްލުމަށް އިތުރު މުސާރައެއް ތިބާއަށް ލިބޭ ހުއްޓެވެ.”

އެހެން ބުނި ތަނާހެން ޒުވާނާ އަށް ރޮވުނެވެ. އަދި އަމިއްލައަށް ބުނެލިއެވެ. 🥺
“ބައްޕާއެވެ. ހެޔޮ ކަމުގެ ޚަބަރު ހުއްޓެވެ.!”
މިމަންޒަރު ފެނި އެމީހާ ރުއިމުގެ ސަބަބަކީ ކޮބައިތޯ އަހާލުމުން، ޒުވާނާ އޭނާގެ ވާހަކަ އެއްކޮށް ކިޔައިދިނެވެ. އަދި ވަޤުތުން ވަޤުތަށް ބައްޕަގެ ހުރިހާ ދަރަންޏެއް އެއްކޮށް ދައްކާ ޚަލާޞް ކުރުމަށް އޭނާގެ އެސިސްޓެންޓަށް އެންގިއެވެ. ފަހެ އެޒުވާނާގެ ފުރަތަަމަ އަހަރުވެސް ފައިދާ ގޮތުގައި ބައި މިލިޔަން ރިޔާލަށް ވުރެއް މަދު ނުވާ ވަރަށް ލިބުނެވެ.”

ވާހަކައިން ލިބިދޭ ޙިކްމަތީ :
މައިންބަފައިންނަށް ހެޔޮކޮށް ހިތުމީ އެންމެ މަތިވެރި އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަން ކޮށްދޭނެ ޢަމަލުތަކުގެ ތެރިންވާ ޢަމަލެކެވެ.
މައިންބަފައިންނަށް ހެޔޮކޮށް ހިތުމުން ރަޙްމަތް ލިބި ބޮޑެތި މުޞީބާތްތަކުން ސަލާމަތް ކޮށްދެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އެދެމީހުންނަށް ހެޔޮކޮށް ހިތުމަށް، އެއިލާހުގެ ފޮތުގައި 📖 ވަޙީ ކުރައްވާފައިވަނީ އެންމެ މުހިއްމު އަދި އެންމެ މަތިވެރި އަޅުކަން ކަމުގައި ވާ، އެއިލާހު ތަވްޙީދު ☝️ ކުރުމާއި ވިދިގެންނެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ:

{وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَاناً إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيماً.. }

މާނައީ: (އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!)

-وقفوهم إنهم مسؤولون-
#بر_الوالدين💖

 

މަސްދަރު: އަލްޢިބަރް ފޭސްބުކް ޕޭޖް

2