ނަޞޭޙަތާއި އިރުޝާދު
އުމްރާގެ އަޅުކަމަށްފަހު މައްކާގެ މާތްބިމުން ވަކިވެގެންދިޔަ ވަގުތު ކުރެވުނު ހިތްދަތި އިހްސާސްތައް💔

ޙުރުމަތްތެރި ވެގެންވާ ދެބިން ކަމުގައިވާ މައްކާ އަދި މަދީނާއާއި މެދު ކުރެވޭ އިޙްސާސް ބުނެދޭކަށެއް ނޭންގެއެވެ. އަމިއްލަ ވަޒަނަށް ވުރެ ބޮޑަށް އެދެތަން ދެކެ ލޯބިވަމެވެ.

މައްކާއިން ފުރަންވީ ވަގުތު ކުޑަތަންވަމުން އައިވަރަކަށް ހިތް ރޮމުންގެންދިޔައެވެ. ޠަވާފުލް ވަދާޢުކުރުމަށް ބަހަށް އަރައިގެން ދިޔަ މަގުމަތީގައި ހިފެހެއްޓުމެއްނެތި ވަދާޢުގެ ކަރުނަތަށް ދެލޮލުން އޮހިގަތެވެ.

އެވަގުތު ޞިފަ ކުރެވުނީ ކީރިތި މާތް ނަބިއްޔާ صل الله عليه وسلم މައްކާ ދޫކުރެއްވި ވަގުތު ކުރައްވާނެ ހިތާމައެވެ. ހިތްޕުޅު ދަތިވާނޭ މިންވަރެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންނާއި ގާތްތިމާގެ މީހުން އެކަލޭގެފާނު ޝަހީދުކޮށްލަށް ނިކުމެ ތިބިތަން ދެލޯފުޅަށް ފެނުމުން ކުރައްވާނެ ހިތާމައެވެ. އަމިއްލަފުޅު ވަޒަނާއި ގެދޮރާއި، އެކަލޭގެފާނުގެ ޙަޔާތުގެ ހުރިހާ ހަނދާންތަކެއް އެބިމަކާއި ގުޅިފައިވާ މައްކާ ދޫކުރެއްވި ވަގުތު ލޯފުޅުން ފާއްދާލާނެ ލޭކަރުނައެވެ. ހިތްޕުޅަށް ލިބިވަޑައިގަންނަވާނޭ ހިތާމައާއި ހިތްދަތިކަމެވެ.

އެކަނިވެރިކަމާއި ނިކަމެތިކަމެވެ. ނަމަވެސް އެހިނދު އެކަލޭގެފާނުގެ އެންމެ ގާތް ރަޙްމަތްތެރިޔާ އެކަލޭގެފާނާއި ކުރިމަތިވި އެންމެ ހިތްދަތި ވަގުތުކޮޅު އެކުގައި ހުންނެވިއެވެ. ތިންވަނަ ފަރާތަކަށް މާތް الله އެދެބޭކަލުންނާއި އެކު ވޮޑިގެން ވިއެވެ.

މައްކާ އާއި މެދު އެކަލޭގެފާނު ވިދާޅުވިއެވެ.

«ما أطيبَكِ من بلَدٍ وأحبَّكِ إلَيَّ ، ولولا أنَّ قومِي أخرجوني منكِ ما سكنتُ غيرَكِ»

 

“There is no finer place than you, no place more beloved to me! And were it not for the fact that your people expelled me from you, I would not have lived elsewhere.”

0