ޖަމާޢީ ގޮތެއްގައި އަންހެނުން ނަމާދުކުރުމަކީ ހުއްދަކަމެކެވެ. ނަމަވެސް އެކަމުގެ ޙުކުމާމެދު ޢިލްމްވެރިންގެ މެދުގައި ޚިލާފެއްވެއެވެ. ބައެއް ޢިލްމުވެރިން ދެކިލައްވަނީ އެއީ ސުންނަތެއްކަމުގައެވެ. އަނެއްބައި ޢިލްމުވެރިން ދެކިލައްވަނީ އެއީ ހުއްދަކަމެއް ކަމުގައެވެ. މިކަމުގައި ބުރަވެވޭ ގޮތަކީ އެއީ ހުއްދަކަމެއް ކަމުގައެވެ. އެހެނީ ސުންނަތެކޭ ނުބުނެވެނީ އެކަމަށް ސަރީޙަ ދަލީލެއް ސުންނަތުގައި އައިސްފައި ނުވާތީއެވެ.
އެހެންކަމުން ޖަމާޢަތް ހަދައިގެންވެސް އެކަނބަލުންނަށް ނަމާދު ކުރެވިދާނެއެވެ. އަދި އެގޮތަށް ކުރާއިރު އެޖަމާޢަތުގައި އަންހެނަކަށް އިމާމުވެ ނަމާދުކުރެވިދާނެއެވެ. އިމާމުވެ ނަމާދުކުރާ އަންހެނާ ހުންނަންވާނީ ފުރަތަމަ ސަފުގެ މެދުގައެވެ.
އަދި ޖަމާޢަތް ނަހަދާ ވަކިވަކިން ނަމާދުކުރުމަކީވެސް މައްސަލައެއް ނޫނެވެ. އެހެނީ ޖަމާޢަތުގައި ނަމާދުކުރުން އެކަނބަލުންނަށް ލާޒިވެގެން ނުވެއެވެ.
(ބައްލަވާ:مجموع الفتاوى ومقالات الشيخ ابن عثيمين، كتاب الصلاة ص:١٠٠٦)
ޖަވާބުދެއްވީ: އައްޝެއިޚް އިމްރާން މުޙައްމަދު އަލީ
މަސްދަރު: ޖަމިއްޔަތުލް ސަލަފް ފޭސްބުކް ޕޭޖް