ޚަބަރު
މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން އަދި ބޭންކުން ލޯނު ނަގައިގެން ވެސް ބައެއް މީހުން ބޮޑަތި، ބޭކާރު ޚަރަދުތައް ކުރޭ، މިއީ ވަރަށް ހިތާމަކުރިކަމެއް: ހުކުރުޚުތުބާ

މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން އަދި ބޭންކުން ލޯނު ނަގައިގެން ވެސް ބައެއް މީހުން ބޮޑަތި، ބޭކާރު ޚަރަދުތައް ކުރޭ، މިއީ ވަރަށް ހިތާމަކުރިކަމެއްކަމަށް މިއަދުގެ ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.
ތިމާގެ އަތުގައި ހުރި އެއްޗެއް ހޭދަކުރަންވީގޮތް ބަޔާންކުރައްވާ މާޗްﷲ ވަހީ ކުރައްވާފައި ބަސްފުޅެއްގެ މާނައިގައިވެއެވެ. ”އަދި އެ އުރެންނީ (އެބަހީ: މުއުމިނުންނީ) އެއުރެން ހޭދައެއް ކޮށްފިނަމަ އިސްރާފު ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެތިބޭ މީހުންނެވެ.“ ކަންމިހެން އޮތް ނަމަވެސް އަހުރެމެންގެ ތެރެއިން ބައެއް މީހުން ކަންކުރަމުން ދަނީ މިއާ ޚިލާފަށެވެ. ތިމާގެ އާމްދަނީއަށް ބެލުމެއް ނެތި ޚަރަދުތައް ކުރެއެވެ. ޒަމާނީ ތަރައްޤީ އާއި ޓެކްނޮލޮޖީގެ މި ޒަމާނުގައި ބާޒާރަށް އަލަށް އަންނަހާ އެއްޗެއް ބައެއް މީހުން ހޯދައެވެ. ދަރިންގެ ކުޅޭ އެއްޗެހި ވެސް ހަލާކުވުމުގެ ކުރިން ގަނެދެއެވެ. ތިމާގެ ކިބައިގައި ފުދުންތެރިކަމާއި، ތަނަވަސްކަން ނެތަސް، މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން ބޭންކުން ލޯނު ނަގައިގެން ނުވަތަ ސަލާމްޖަހައިގެން ވެސް ބައެއް މީހުން ބޮޑަތި، ބޭކާރު ޚަރަދުތައް ކުރެއެވެ. މިއީ ވަރަށް ހިތާމަކުރިކަމެވެ. ސަލާމްޖަހައިގެން އެއްޗެއް ހޯދުމުގެ ނުބައިކަން ބަޔާން ކުރައްވައި ހަދީޘް ކުރައްވާފައެވެ. “ އެމީހަކަށް ފަޤީރުކަމެއް މެދުވެރިވާ ހިނދު، އެހެން މީހުންގެ މައްޗަށް އެކަން ރައްދުކޮށް (އެބަހީ: މީހުންގެ ގާތުން ސަލާމް ޖަހައި ތަކެއްޗަށް އެދޭނަމަ) އެމީހެއްގެ ފަޤީރުކަން ނުފިއްލަވާ ހުއްޓެވެ. އަދި މާތްﷲ ގެ ޙަޟްރަތުން ފަޤީރުކަން ފިއްލެވުމަށް އެދެފި މީހާއަށް އަވަސް ގޮތަކަށް ނުވަތަ ލަހުން ވިޔަށް މާތްﷲ އެމީހާއަށް އަވަސް ގޮތަކަށް ނުވަތަ ލަހުން ވިޔަސް މާތްﷲ އެމީހާއަށް ރިޒުގު ތަނަވަސްކޮށް ދެއްވާ ހުއްޓެވެ.

0