ނަޞޭޙަތާއި އިރުޝާދު
ރިޝްވަތަކީ، އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތްﷲ ގެ ލަޢުނަތް ޙައްޤުވެގެންވާ ކަމެއް: ހުކުރުޚުތުބާ

 

ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި، ކަންކަމުގައި ނާޖާއިޒު ފައިދާ ހޯދުމާއި، ޚިޔާނާތްތެރިވުމާއި، މަކަރާއި ޙީލަތްހެދުމަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ރިޝްވަތަކީ، އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތްﷲ ގެ ލަޢުނަތް ޙައްޤުވެގެންވާ ކަމެއް ކަމަށް ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައި ވެއެވެ. އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ، މިފަދަ ކަންކަމުން ދުރުހެލިވެ، އެހެން މީހުންވެސް ދުރުހެލި ކުރުމަށް މަސައްކަތް ކުރުމެވެ. އަދި އެކަމުގެ ނުބައިކަން މީސްތަކުންނަށް ބުނެދީ، އެކަމުގެ ސަބަބުން ފަހުން ދިމާވެދާނެ ހިތި ނަތީޖާތަކުގެ ވާހަކައިން މީސްތަކުން ހޭލުންތެރިކުރުވުމެވެ.

ރިޝްވަތަކީ، އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތްﷲ ގެ ލަޢުނަތް ޙައްޤުވެގެންވާ ކަމެއް

ރިޝްވަތުގެ ތެރެއިން ލިބޭ މަންފާއެއްގެ ސަބަބުން ވަގުތީ އުފަލެއް ލިބުނު ނަމަވެސް، ރިޝްވަތު ދޭ މީހުންނާއި، ރިޝްވަތު ހިފާ މީހުންނާއި، ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހުންނަށް ފަހުން ލިބޭ ގެއްލުމާއި ހަލާކު މާބޮޑުކަން ވިސްނައިލަން ޖެހެއެވެ. ކޮރަޕްޝަންގެ ތެރެއިން ނުވަތަ ޙަރާމް ގޮތްގޮތުން ފައިސާ ހޯދައިގެން އެ ތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ތިމާމެންގެ ދަރިން ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވެދާނެ ކަމެވެ. ވީމާ، އަހަރަމެން ކުރެ ކޮންމެ މީހެއްގެ ޒިންމާއެއް ކަމުގައި ވާންވީ ތިމާގެ އަމިއްލަ ނަފުސަށާއި ތިމާގެ ބާރުފޯރާ އެންމެން މި ނުބައި ވަބާއި ރައްކާތެރިވުމަށް ނަސޭޙަތްތެރިވުމެވެ.

0