މީސްތަކުންގެ ތެރެއިން އަހަރެންގެ ގާތުގައި އެންމެ އަގުހުރި ދެ މީހުންނަކީ އަހަރެންގެ މަންމައާއި ބައްޕައެވެ. (ޤަދަރާއި ޝަރަފުވެރިކަމުގައި) އެދެމީހުންނަކީ އަހަރެންގެ ބޮލުގައި އެޅިފައިވާ ތާޖެއްފަދަ ދެ މީހުންނެވެ.
އެދެމީހުން ދެކެ ވާ ލޯބިން އަހަރެންގެ ހިތް ފުރިފައިވެއެވެ.
ތާއަބަދު އެ ދެމީހުންނަށް ހެޔޮ ދުޢާ ކުރަމެވެ.
ޅަފަތުގައި އަހަރެންނަށް ކުލުނުވެރިވިއެވެ.
އަހަރެން ބޮޑުވަމުންދިޔަވަރަކަށް، މާލީގޮތުންނާއި ޢާޠިފީގޮތުން އެހީތެރިވަމުންދިޔައެވެ.
އަހަރެން ތަރުބިއްޔަތު ކުރުމުގައި އެދެމީހުން ވަރުބަލިވިއެވެ.
އަހަރެން ކިޔަވައިގެންހުރި ހަރުދަނާ މީހަކަށް ހެދުމަށްޓަކައި އެދެމީހުން ވަރުބަލިވިއެވެ.
ހިފެހެއްޓުމެއްނެތް ގޮތެއްގައި ކުލުނާއި އޯގާވެރިކަން އަހަރެންނަށް ދިނެވެ.
ހިޔާވަހިކަމާއި އަމާންކަން ކަށަވަރުކޮށްދިނެވެ.
އަހަރެންނަށްޓަކައި އަހަރެންގެ މަންމަ ނުވަމަސްދުވަހުގެ ވޭނާއި ވަރުބަލިކަން އުފުލިއެވެ.
ވޭންވަރަކަށްފަހު ވޭންވަރެކެވެ. ހާސްކަމަކަށްފަހު ހާސްކަމެކެވެ.
މި ވޭންތަކަށްފަހު، އަހަރެން ވިހެއުމުގައި މަންމަ އެތައް އުނދަގުލެއް ކަޑައްތުކުރިއެވެ. އެއަށްފަހު، ކިރުދިނުމުގެ އުނދަގޫ ތަޖުރިބާތަކެވެ.
ދަރިފުޅާއެވެ. ތިބާގެ މަންމަ އަށް، ތިބާގެ ބައްޕައަށް ހެޔޮކޮށް ހިތާށެވެ. މިއީ ތިބާގެ ވެރި ރައްބުގެ ވަޞިއްޔަތެކެވެ.
އެ ދެމީހުންނަށް ހެޔޮކޮށްހިތާ، ޝުކުރުވެރިވާށެވެ. އެދެމީހުންނަށް ޝުކުރުވެރިވުންވަނީ ރައްބަށް ޝުކުރުވެރިވުންކަމުގައެވެ.
ނިކަމެތިކަމުގެ ފިޔަގަނޑު އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ.
އޯގާވެރިކަމާއެކުގައެވެ. ކުލުނުވެރިކަމާއިއެކުގައެވެ.