ޚަބަރު
ތިމާގެ އަމިއްލަ ޙަޔާތް ބާއްޖަވެރިކުރަން އެދޭ ފަދައިން ތިބާގެ އަޚާގެ ޙަޔާތަށް އާރޯކަމާއި ބާއްޖަވެރިކަން ގެނައުމަށް މަސައްކަތްކުރަން ޖެހޭ: ހުކުރުޚުތުބާ

 

އަޅުގަނޑުމެން މުސްލިމުންނަކީ، އެއްބަނޑު އެއްބަފާ އުޚުއްވަތްތެރި ބަޔަކަށް ވީހިނދު، އެކަކު އަނެކަކަށް ދިމާވާ ކަންކަމުގައި އެހީތެރިވެ ހެއު ފޯރުވުމަކީ ވެސް އިސްލާމީ އުޚުއްވަތްތެރިކަމުގެ ވަރަށް މުހިއްމު ކަމެކެވެ. އެކަކުގެ ބޭނުންތައް ދަނެ، ތިމާގެ އަމިއްލަ ޙަޔާތް ބާއްޖަވެރިކުރަން އެދޭ ފަދައިން ތިބާގެ މުސްލިމް އަޚާގެ ޙަޔާތަށް އާރޯކަމާއި ބާއްޖަވެރިކަން ގެނައުމަށް މަސައްކަތްކުރަން ޖެހެއެވެ.  ތިމާގެ މުސްލިމް އަޚާ، ކާނެ ބޯނެ އެއްޗެއް ނެތިފައި، ނުވަތަ ލާނެ އާފޭރާމެއް ނެތިފައި، ނުވަތަ ޙަޔާތުގެ މުހިއްމު ބޭނުމެއް ނުފުދިފައި ހުއްޓައި، އޭނާގެ ބޭނުން ފުއްދައިދީފިނަމަ، ޤިޔާމަތްދުވަހު މާތްﷲ ތިބާގެ ބޭނުންތައް ފުއްދަވައި ދެއްވާނެއެވެ.

ތިމާގެ އަމިއްލަ ޙަޔާތް ބާއްޖަވެރިކުރަން އެދޭ ފަދައިން ތިބާގެ މުސްލިމް އަޚާގެ ޙަޔާތަށް އާރޯކަމާއި ބާއްޖަވެރިކަން ގެނައުމަށް މަސައްކަތްކުރަން ޖެހޭ: ހުކުރުޚުތުބާ

 

ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެކެވެ. ވުމާއެކު، މުޞީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާންޖެހެއެވެ. އެފަދަ ވަގުތުތަކުގައި އެ މީހުންނަށް އެހީތެރިވެ، އަޅާލުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ކަމެކެވެ. މިއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެކެވެ. މުއުމިނުންގެ ސިފައެކެވެ.

4