ޚަބަރު
މައްކާގެ ލައިބްރަރީތައް

މައްކާގައި އުޅޭއިރު ހަނދާންކުރަންޖެހޭ އެއް ކަމަކީ މި އުޅެމުންދަނީ ޢިލްމުގެ ނޫރު އެތަނުން ފާޅުވެގެންދިޔަ ބިމުގައިކަން ދަންނަންޖެހެއެވެ. ދީނުގެ ޢިލްމު އެކިކަންކޮޅުތަކަށް ފެތުރިގެންދިޔައީ މިބިމުންނެވެ. އެހެންކަމުން މި ބިމުގައި ދިރިއުޅޭއިރު ޢިލްމު ހޯދުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. މި އަރޓިކަލްގައި މި ހުށައަޅާލަނީ މައްކާގެ ބައެއް ލައިބްރަރީ ތަކުގެ މަޢުލޫމާތެވެ.

މަސްޖިދުލްޙަރާމްގެ ލައިބްރަރީ 

މި ލައިބްރަރީ ހުންނަނީ މަސްޖިދުލްޙަރަމްގައެވެ. މިއީ 24 ގަޑިއިރު ހުޅުވިފައި ހުންނަ ލައިބްރަރީއެކެވެ. އަންހެނުންނަށް ޚާއްސަ ދުވަސްތައްވެއެވެ. ފިރިހެނުންނަށް ޚާއްސަ ދުވަސްތައް ވެއެވެ. އިނގިރޭސި ބަހުން ލިޔެފައިވާ އިސްލާމީ ފޮތްތަކުގެ ތަނަވަސް ޚަޒާނާއެއް މި ލައިބްރަރީގައިވެއެވެ. އުރުދޫ ފޮތްތައްވެސް ވަރަށް ގިނައެވެ. ދާރިސުންނަށް އިންޓަނެޓުގެ ޚިދުމަތް މި ލައިބްރަރީން ފޯރުކޮށްދެއެވެ.

 

 އިބުނު ބާޒު ލައިބްރަރީ

މި ލައިބްރަރީ ހުންނަނީ ޝީޝާ އަވަށުގައެވެ. މި ލައިބްރަރީއަށް ވަދެވެނީ ހަމައެކަނި ފިރިހެނުންނަށެވެ. މި ލައިބްރަރީ ހުކުރު ދުވަސް ފިޔަވާ ހަފުތާގެ އެހެން ހުރިހާ ދުވަހަކު ހުޅުވައެވެ. ހެނދުނު 8 ރޭގަނޑު 11 އަށް މި ލައިބްރަރީ ހުޅުވިފައިހުރެއެވެ. މި ލައިބްރަރީގައި އިނގިރޭސި، ޢަރަބި އިސްލާމީ ފޮތްތައް ހުރެއެވެ. އަދި ޝެއިޚް އިބުނު ބާޒުގެ ފޮތްތަކާއި އިބުނު ބާޒާއި ބެހޭގޮތުން ލިޔެވިފައިވާ ބަޔޮގްރަފީތައް މި ލައިބްރަރީން ލިބޭނެއެވެ. މި ލައިބްރަރީން މުސްޙަފާއި ބައެއް ދީނީ ފޮތްތައް ހިލޭ ބަހައެވެ. ދާރިސުންނަށް އިންޓަނެޓުގެ ޚިދުމަތް މި ލައިބްރަރީން ފޯރުކޮށްދެއެވެ.

https://youtu.be/mnoPBc5fJAA

📌 އިބުނު ބާޒު ލައިބްރަރީ

https://maps.app.goo.gl/RFQ9J1JWtaiv7ZRg6

ޖާމިޢު ޢާއިޝާ އައްރާޖްހީގެ ލައިބްރަރީ

މި ލައިބްރަރީ ހުންނަނީ ނަސީމް އަވަށުގައެވެ. މި ލައިބްރަރީގައި އަންހެނުނުންނަށް ޚާއްސަ ބައެއް ހުރެއެވެ. އަދި ކުޑަކުދިންނަށް ޚާއްސަ ބައެއް ހުރެއެވެ. އަދި ފިރިހެނުންގެ ބައެއް ހުރެއެވެ. މި ލައިބްރަރީ ހުކުރު ހޮނިހިރު ފިޔަވާ ހަފުތާގެ އެހެން ހުރިހާ ދުވަހަކު ހުޅުވައެވެ. އަޞުރުނަމާދު ވަގުތުން ފެށިގެން އިޝާ ވަގުތާއި ހަމައަށް ހުޅުވާފައިހުރެއެވެ. މި ލައިބްރަރީގައި އިނގިރޭސި، ޢަރަބި އިސްލާމީ ފޮތްތައް ހުރެއެވެ. މި ލައިބްރަރީގައި ކުޑަކުދިންނާއިގުޅޭ ވަރަށް ގިނަ ވާހަކަ ފޮތް ހުރެއެވެ. ފޮތްކިޔުމާއި ފިލާވަޅުތައް މުރާޖަޢާކުރުމަށް ވަރަށް މުނާސަބު ވެއްޓެއް މި ލައިބްރަރީގައި ޤާއިމުވެފައިވެއެވެ. ދާރިސުންނަށް އިންޓަނެޓުގެ ޚިދުމަތް މި ލައިބްރަރީން ފޯރުކޮށްދެއެވެ.

📌 ޖާމިޢު ޢާއިޝާ އައްރާޖްހީގެ ލައިބްރަރީ

https://maps.app.goo.gl/JYmpqP96jS7tqTTQ7

މައްކީ ޙަރަމް ލައިބްރަރީ

މި ލައިބްރަރީ ހުންނަނީ ބަތްހާ ޤުރައިޝްގައެވެ.

📌 مكتبة الحرم المكي الشريف މައްކީ ޙަރަމް ލައިބްރަރީ

https://maps.app.goo.gl/fXZLF3CbHWNUH3zR9

 

16