ނަޞޭޙަތާއި އިރުޝާދު
ފީލު ބާގައިގެ މީހުން ގެފުޅު މުގުރަން އައި ވާހަކަ

އީސާގެފާނުގެ މީލާދުން 570 ވަނަ އަހަރެވެ. އިބްރާހިމްގެފާނުގެ ރިސާލަތުގެ ގިނަ ކަންކަމާއި ޢަރަބިންވަނީ ވަރަށް ބޮޑަށް ބީރަށްޓެހިވެފައެވެ. އެހެންނަމަވެސް އެ ރިސާލަތުގެ ބައެއް ކަންކަން ކޮންމެވެސް ސިފައެއްގައި ޢަރަބިންގެ ތެރޭގައި ތަންފީޛުކުރެވެމުންދެއެވެ. އޭގެތެރެއިން އެއް ކަމަކީ

ކަޢުބަތުﷲ ގެފުޅަށް ޙައްޖަށް އައުމެވެ.

 

ޙަބަޝާ އަކީ ކުރިން ވަރަށް ވަރުގަދަ ރަސްކަމެއް އޮތް ޤައުމެއް. މި ރަސްކަމުގެ ބާރާއި ނުފޫޒުގައި ޔަމަންވެސް ޒަމާންތަކަކަށް އޮތް

 

ޙަބަޝާގެ ވެރިޔާ ޔަމަނަށް ކަނޑައަޅާފައިވާ ގަވަރުނަރު އަބްރަހާ ގެފުޅަށް ޢަރަބިން ހައްޖުވުމުގެ ގޮތުން މައްކާއަށް ދިޔުން ހުއްޓުވާން ގަސްދުކޮށްފިއެވެ. މި ނިޔަތުގައި ޔަމަންގެ ޞަންޢާގައި ބޮޑު ކަނީސާއެއް(ޗާރޗެއް) ބިނާކުރިއެވެ. އަދި ޙައްޖުވާން މައްކާއަށް ދިޔުމުގެ ބަދަލުގައި އެ ކަނީސާއަށް އަންނަން އަބްރަހާ ގޮވާލެއްވިއެވެ. މިހެން ގޮވާލުމުން ކިނާނަތު ވަންހައިގެ މީހަކު އައި ރުޅީގައި އެ ކަނީސާއަށް ޤަޟާހާޖާކޮށް ފާރުތަކުގައި ނަޖިސް އުނގުޅާ ހަޑިކުރިއެވެ. އަބްރަހާއަށް މި ޚަބަރު ލިބުމާއެކު ބަދަލުހިފުމުގެ ގޮތުން ބޮޑު ލަޝްކަރެއް އެއްކޮށް ގެފުޅު މުގުރަން ނުކުތެވެ. އެ ލަޝްކަރުގައި 60000 ސިފައިން ނުކުތެވެ. އެބައިމީހުން އައީ އެތްތަކެއްވެސް ގޮވައިގެންނެވެ.

މާތްﷲގެ ތަދުބީރުކުރެއްވުމުގެ ފުރިހަމަކަމާއެވެ. މިބައިމީހުން ދަތުރުކުރަމުންގޮސް މުޣައްމަސް އާ އަރާހަމަވިތަނާ އެތްތައް ބަނޑުޖަހައިފިއެވެ. މައްކާނޫން އެހެން ދިމާއަކަށް ކުރިމަތިކުރުމުން އެތްތައް ތެދުވެ ހިނގަންފަށައެވެ. މި ހާލެއްގައި މިބައިމީހުން އުޅެނިކޮށް އަބާބީލް ދޫނިތައް މާތް ﷲ ފޮނުއްވިއެވެ. އަބާބީލް ދޫނިތައް އައީ ބައިބަޔަށެވެ.  ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާޔަށް އުކަތެވެ.

أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ ﴿٢﴾ وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ ﴿٣﴾ تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ ﴿٤﴾

މާނައީ: “އެއިލާހު އެއުރެންގެ މަކަރާއި ޙީލަތް ގެއްލުމެއްގެ ތެރޭގައި ނުލައްވާ ހެއްޔެވެ. [2] އަދި އެއިލާހު އެއުރެންގެ މައްޗަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވިއެވެ. [3] ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާޔަށް އުކަތެވެ. [4]

އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ ތަރުޖަމާ ކުރައްވާފައިވާ سورة الفيل ގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ.

﴿سِجِّيلٍ﴾ އެއީ އަލިފާނުން ދޮންކުރެވިފައިވާ މަށީގެ ހިލަތަކެކެވެ. އެހެނީ އެވައްތަރުގެ ހިލައިގައި ހަރުކަން މާ ބޮޑެވެ. މިހިލައަކީ ބޮޑު ހިލައެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ވަރަށް ކުޑަ ހިލަކޮޅެކެވެ. އޭގެ ތެރެއިން މީހެއްގެ ބޮލުގައި އެހިލައިން ޖެހުމުން އޭނާގެ ފުރަގަހުން އެހިލަ ނުކުމެގެން ދެއެވެ.

ހަމަކަށަވަރުން އެބައިމީހުންގެ މަކަރާއި ޙީލަތް އެނބުރުނީ އެބައިމީހުންގެ ކަނދުރާތަކާ ދިމާއަށެވެ. ހަމަ މިފަދައިން ޙައްޤަށް ނުބައިކަން ފޯރުވަން އުޅެފި ކޮންމެ މީހަކަށް ފަހެ ހަމަކަށަވަރުން ﷲ – سبحانه وتعالى – އެމީހެއްގެ މަކަރާއި ޙީލަތް އެމީހަކަށް އަނބުރާލައްވައެވެ.

ވާދީ މުޣައްމަސްގެ އުޑުމަތީގައި ފައުޖު ފައުޖަށް އެ ހަރަކާތްތެރިވަނީ އަބާބީލް ދޫނިތަކެވެ. އިއްޔެ ބޮޑާކަމާއި ކިބުރުވެރިކަމާއިއެކު ބިޔަ އެތްތަކެއްގެ މަތީގައި އައި އަބްރަހާއާއި އޭނާގެ ލަޝްކަރު ހަލާކުވެގެން އެހެރަދަނީއެވެ. މަތިން އޮހެމުންއެދަނީ ދޮންކުރެވިފައިވާ މަށީގެ ހިލަތަކެވެ.

فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ ﴿٥﴾

މާނައީ: “ފަހެ، ޖަނަވާރު ކައި، ވަރާފައިވާ ފަތްތަކެއް ފަދައިން އެއިލާހު އެއުރެން ލެއްވިއެވެ.”

 

ދެހާސް އަށާރަވަނައަހަރު ބޯކޮށް ވާރޭވެހި މުޣައްމަސް ވާދީގައި ފެންބޮޑުވެފައި.

 

10