މައިންބަފައިންނާއި މުދައްރިސުން އަޚްލާޤު ނުބައި ބަޔަކަށް ވެއްޖެނަމަ ދަރިންގެ ތަރުބިއްޔަތަށް އޭގެ ނުރަނގަޅު އަސަރުކުރާނެކަމަށް މިއަދުގެ ހުކުރުޚުތުބާ ގައި ވިދާޅުވެއްޖެއެވެ.
ޚުތުބާގައި ވިދާޅުވީ “އަހުރެމެންގެ ހުރިހާ ކަމެއް ބައްޓަން ކުރަންޖެހޭނީ އިސްލާމީ ހަމަތަކާ އެއްގޮތަށެވެ. އެހެންކަމުން އަހަރަމެންގެ ގެއާއި ސުކޫލު މަދަރުސާތަކުގެ ވެށްޓަކީ ވެސް ދަރިވަރުންގެ އީމާންކަމާއި، އަޤީދާ ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ބާރުއަޅާ ތަންތަނަށް ވާންޖެހެއެވެ. އަހަރެމެންގެ ދަރިންގެ ތައުލީމާއި ތަރުބިއްޔަތުގައި، ގެއާއި މަދަރުސާގެ ޙިއްސާގެ ބޮޑުކަމުންނެވެ. ދަރިން ނަމޫނާއަކަށް ބަލާނީ، މައިންބަފައިންނާއި މުދައްރިސުންނެވެ. އެމީހުންގެ އަމަލުތައް އީމާންކަމުން ޒީނަތްތެރި ނުވާނަމަ، ނުވަތަ އެއީ، އަޚުލާގު ނުބައި ބަޔަކަށް ވެއްޖެނަމަ، ދަރިންގެތަރުބިޔަތަށް އޭގެ ނުރަނގަޅު އަސަރު ކުރާނެއެވެ.”
އިންސާނާގެ ހަގީގީ ކާމިޔާބީއާއި ބާއްޖަވެރިކަން ވަނީ މާތްﷲއަށް ފުރިހަމަ މާނާގައި އީމާންވުމުގައެވެ. އީމާންކަމަކީ އިސްލާމްދީނުގެ މަތިވެރި އަސާސެވެ. އެހެންކަމުން ދުނިޔެވީ ހުރިހާ އުފަލާއި އަރާމާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް ހަރުދަނާކޮށްގެންނެވެ. މާ