ޚަބަރު
މަކަރާއި ހީލަތުން ހޯދާފައިސާ ތިމާގެ އަނބިދަރިންނަށް ކާން ދޭއިރު އެކަމާމެދު ވިސްނާލާންޖެހޭ، އެއީ ހަރާމްތަކެތި: ހުކުރު ޚުތުބާ

މަކަރުހަދައި، އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައެކެވެ. ކޮންމެ މީހަކުވެސް ދުންޔެވީ ޙަޔާތުގައި މަސައްކަތް ކުރަމުންދަނީ އުޚްރަވީ ޙަޔާތުގެ ބާއްޖަވެރިކަން ހޯދުމަށެވެ. ވިޔަފާރިއާއި، އެ ނޫން މުޢާމަލާތުތަކުގައި ވެސް މަކަރު ހަދައި އޮޅުވާލުމަކީ ތިމާގެ ދެ ދުނިޔެ އަބާއްޖަވެރިވެގެންދާނެ ކަމެކެވެ. މަކަރާއި ހީލަތް ހަދައި، އޮޅުވާލައިގެ މީސްތަކުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާއިރު، އެކަމާ މެދު ކުޑަކޮށްވެސް ވިސްނާލިން ހެއްޔެވެ؟ މާތްﷲ ޙަރާމް ކުރައްވާފައިވާ ގޮތްގޮތުން ހޯދާ ފައިސާ ތިޔަ ހޭދަކުރަމުންދަނީ، ތިމާގެ އަމިއްލަ ނަފްސަށާއި ތިމާ ލޯބިވާ އަނބިދަރިންނާއި، މައިންބަފައިންނާއި، ގާތްތިމާގެ މީހުންނަށް ނޫން ހެއްޔެވެ؟ ތިމާގެ އަތުން ތިމާ ލޯބިވާ މީހުންނަށް ޙަރާމް މުދަލާއި ފައިސާއިން ކާންދެމުން ގެންދާއިރު މިކަމުގެ ނުބައިކަމާ މެދު ވިސްނާލިން ހެއްޔެވެ؟ އެހެންކަމުން އަޅުގަނޑުމެންގެ އަނބިދަރިން ކާން ބޭނުންކުރާ ތަކެއްޗާއި އެހެނިހެން ކަންކަމަށް ބޭނުންކުރާ ތަކެއްޗަކީ ﷲ ހުއްދަ ކުރައްވާފައިވާ ގޮތަށް ހޯދާ ތަކެތި ކަމުގައިވުމަކީ ލާޒިމު ކަމެކެވެ.

0