ޚަބަރު
ލޯތްބަކީ ވޭނެއްހުރި ކަމެއްކަމުގައިވެސް ބައެއްފަހަރު ވެދާނެ: މުފްތީ މެންކް 

ލޯތްބަކީ ވޭނެއްހުރި ކަމެއްކަމުގައިވެސް ބައެއްފަހަރު ވެދާނެކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ. މުފްތީ ވިދާޅުވީ އަބަދު ހަޔާތެއް އެއްގޮތަކަށް ނޯންނާނެއެވެ. ހަޔާތުގެ ދުވަސްތަށް ބަދަލުވާނެއެވެ.

މުފްތީ ވިދާޅުވި ގޮތުގައި ލޯތްބަކީ ތަކުލީފެކެވެ. ވޭން ދެނިވި، އިމްތިހާނެއް ވެސް މެ އެވެ. އެކަމަކު ދެމަފިރިން،  ލޯބި، އޭގެ ގޮތުގައި ދޭން ތައްޔާރުތޯ އޭނާ ސުވާލު ކުރެއްވި އެވެ.

“އަހަރުމެން ބުނޭ ލޯބިވެއޭ. އެކަމަކު އެ ކަމަށް ގުރުބާންވާން ތައްޔާރުތަ؟ [މައްސަލަތަކާ މެދު] ވާހަކަ ދައްކަން ތައްޔާރުތަ؟ ކެތްތެރިވާން ތައްޔާރުތަ؟،” މުފްތީ އެއްސެވި އެވެ.

ދަރުސްގައި ތަކުރާރުކޮށް، ކައިވެނީގައި ގޮތް ހުސްނުވުމަށް މެންކު އެދިވަޑައިގެންނެވި އެވެ. އަދި ޖެހޭ މައްސަލަތައް ރަހުމަތްތެރިންނަށާއި އާއިލާގެ މީހުންނަށް އެނގެން ނުޖެހޭ ކަމަށާއި އޭރުން އެ މީހުންގެ ރައުޔު ވެސް އެކަމުގެ ތެރެއަށް ވަދެ، އިތުރަށް ހާލަތު ގޯސްވާނެ ކަމަށް ވިދާޅުވި އެވެ.

6