ޚަބަރު
ބައިވެރިޔާ ތިބާއަށް ކުރާ އިތުބާރު ގެއްލޭފަދަ ހުރިހާ ކަމަކުން ދުރުހެލިވުމަކީ މައްސަލަތައް ޖެހުމުން ދުރުހެލިވާ އެންމެ މުހިއްމު ސަބަަބު: މުފްތީ މެންކް 

،ބައިވެރިޔާ ތިބާއަށް ކުރާ އިތުބާރު ގެއްލޭފަދަ ހުރިހާ ކަމަކުން ދުރުހެލިވުމަކީ މައްސަލަތައް ޖެހުމުން ދުރުހެލިވާ އެންމެ މުހިއްމު ސަބަަބަކު ކަމުގައި މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

ދިރިއުޅުމުގެ އިތުބާރު ގެއްލޭނެ ހުރިހާ ކަމަކުން ދުރުހެލިވާންޖެހެއެވެ. އިތުބާރަކީ އުފައްދަން މަސައްކަތް ކުރަންވެސް ޖެހޭ އެއްޗެކެވެ.

އާއިލީ މައްސަލަތަށް ހައްލުކުރާނެގޮތްތަށް މި މައުލޫއަށް ހުޅުމާލޭގައި މުފްތީ މެންކް މިރޭ ދެމުންދާ ދަރުސްގައި ވިދާޅުވީ ހަޤީޤީ ލޯތްބަކީ އެކަކު އަނެކަކަށް ލޯއްބަށްޓަކައި ވާ ގުރުބާނީއެވެ.

ދެމަފިރިން އެކަކު އަނެކަކަށް އިހްތިރާމްކުުރުމަކީ އާއިލާއެއް ދެމިއޮތުމަށް ވަރަށް މުހިއްމުކަމެއްކަމުގައެވެ. ދަރިން ކުރުމަތީ ޒުވާބުކުރުމާއި ރުޅިވެރިކަން ފާޅުކުރުމަކީ މިހާރުން ފެށިގެން ހުއްޓާލަން ޖެހޭކަމެކެވެ.

އާއިލީ މައްސަލަތަށް ހައްލުކުރަން އެންމެ އުދަގޫވަނީ ކަމާ ނުބެހޭ މީހުން މައްސަލައިގެ ތެރެއަށް ވަނުމަށް ފުރުސަތު ދިނުމުންކަމުގައި މުފްތީ މެންކް ވިދާޅުވެއްޖެއެވެ. އާއިލީ މައްސަލަތަށް ހައްލު ކުރުމަށް ބޭރުން އަންނަ ފަރާތަކަކީ ކޮންމެ އެއްފަރާތެއް މީހަކަށްވުމުން ހައްލުކުރުމުގެ ބަދަލުގައި ކޮންމެ އެއްފަރާތެއް ހައްޤުގެ ވާހަކަ ދެކެވެއެވެ.

 

5