އާއިލީ މައްސަލަތަށް ހައްލުކުރަން އެންމެ އުދަގޫވަނީ ކަމާ ނުބެހޭ މީހުން މައްސަލައިގެ ތެރެއަށް ވަނުމަށް ފުރުސަތު ދިނުމުންކަމުގައި މުފްތީ މެންކް ވިދާޅުވެއްޖެއެވެ. އާއިލީ މައްސަލަތަށް ހައްލު ކުރުމަށް ބޭރުން އަންނަ ފަރާތަކަކީ ކޮންމެ އެއްފަރާތެއް މީހަކަށްވުމުން ހައްލުކުރުމުގެ ބަދަލުގައި ކޮންމެ އެއްފަރާތެއް ހައްޤުގެ ވާހަކަ ދެކެވެއެވެ.
ދެމެފިރިން ދޭތެރޭގައި ޖެހޭ މައްސަލަތަށް އެހެންމީހުންނަށް އެގޭކަށް ނުޖެހެއެވެ. ދެމަފިރިން ވަރި ވުމަށް އޮންނަނީ ދެމީހުންނަށް އެކުގައި އުޅެވޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ. އަދި މައްސަަލައިގެ ތެރެއަށް އައިލާ ފަރާތުން އިސް މީހަކު ވަނުމަށް އޮންނަނީ ދެމެފިރިން ވާހަކަ ދައްކައިގެން އެއްވެސް ހައްލެއް ނުލިބެެއްޖެ ހާލަތެއްގައެވެ.