އާއިލީ މައްސަލަތަށް ހައްލުނުވެދަނީ އެކަކު އަނެކަކުގެ ވާހަކަތަށް އަޑުއަހާ މަޝްވަރާ ކުރުމުގެ ފުރުސަތު ނުދިނުމުންކަމުގައި މުފްތީ މެންކް ވިދާޅުވެއްޖެއެވެ. އެހެންމީހުން ދައްކާ ވާހަކަ އަޑުއެހުމަށް ވަގުތު ދޭންޖެހޭނެއެވެ. އަދި އަޑުއަހާއިރު ކަނުލައި އަޑުއަހަން ޖެހެއެވެ. ހަމައެއާއެކު އަނެކާއަށް ވާހަކަ ދައްކަން ފުރުސަތުވެސް ދޭންޖެހޭއެވެ. ޖަޒުބާތުތަށް އެއްފަރާތްކޮށް ހަމަޖެހި ވަގުތު ދޭންޖެހޭއެވެ. މައްސަލަތަކަށް ޖެހުމުން ޖަޒުބާތުގައި ކަންކަންކުރުމުން ގޯސް ހެދޭތަން ފެންނާނެއެވެ.
އާއިލީ މައްސަލަތަށް ހައްލުކުރާނެގޮތްތަށް މި މައުލޫއަށް ހުޅުމާލޭގައި މުފްތީ މެންކް މިރޭ ދެމުންދާ ދަރުސްގައި ވިދާޅުވީ އާއިލީ މައްސަލަތަށް ހައްލުކުރާނެގޮތްތަށް މި މައުލޫއަށް ހުޅުމާލޭގައި މުފްތީ މެންކް މިރޭ ދެމުންދާ ދަރުސްގައި ވިދާޅުވީ ހަޤީޤީ ލޯތްބަކީ އެކަކު އަނެކަކަށް ލޯއްބަށްޓަކައި ވާ ގުރުބާނީއެވެ. ދެމަފިރިން އެކަކު އަނެކަކަށް އިހްތިރާމްކުުރުމަކީ އާއިލާއެއް ދެމިއޮތުމަށް ވަރަށް މުހިއްމުކަމެއްކަމުގައެވެ. ދަރިން ކުރުމަތީ ޒުވާބުކުރުމާއި ރުޅިވެރިކަން ފާޅުކުރުމަކީ މިހާރުން ފެށިގެން ހުއްޓާލަން ޖެހޭކަމެކެވެ.
އާއިލީ މައްސަލަތަށް ހައްލުކުރަން އެންމެ އުދަގޫވަނީ ކަމާ ނުބެހޭ މީހުން މައްސަލައިގެ ތެރެއަށް ވަނުމަށް ފުރުސަތު ދިނުމުންކަމުގައި މުފްތީ މެންކް ވިދާޅުވެއްޖެއެވެ. އާއިލީ މައްސަލަތަށް ހައްލު ކުރުމަށް ބޭރުން އަންނަ ފަރާތަކަކީ ކޮންމެ އެއްފަރާތެއް މީހަކަށްވުމުން ހައްލުކުރުމުގެ ބަދަލުގައި ކޮންމެ އެއްފަރާތެއް ހައްޤުގެ ވާހަކަ ދެކެވެއެވެ.