ހަޤީޤީ ލޯތްބަކީ އެކަކު އަނެކަކަށް ލޯއްބަށްޓަކައި ވާ ގުރުބާނީކަމުގައި މުފްތީ މެންކް ވިދާޅުވެއްޖެއެވެ.
އާއިލީ މައްސަލަތަށް ހައްލުކުރާނެގޮތްތަށް މި މައުލޫއަށް ހުޅުމާލޭގައި މުފްތީ މެންކް މިރޭ ދެމުންދާ ދަރުސްގައި ވިދާޅުވީ ހަޤީޤީ ލޯތްބަކީ އެކަކު އަނެކަކަށް ލޯއްބަށްޓަކައި ވާ ގުރުބާނީއެވެ.
ދެމަފިރިން އެކަކު އަނެކަކަށް އިހްތިރާމްކުުރުމަކީ އާއިލާއެއް ދެމިއޮތުމަށް ވަރަށް މުހިއްމުކަމެއްކަމުގައެވެ. ދަރިން ކުރުމަތީ ޒުވާބުކުރުމާއި ރުޅިވެރިކަން ފާޅުކުރުމަކީ މިހާރުން ފެށިގެން ހުއްޓާލަން ޖެހޭކަމެކެވެ.
އާއިލީ މައްސަލަތަށް ހައްލުކުރަން އެންމެ އުދަގޫވަނީ ކަމާ ނުބެހޭ މީހުން މައްސަލައިގެ ތެރެއަށް ވަނުމަށް ފުރުސަތު ދިނުމުންކަމުގައި މުފްތީ މެންކް ވިދާޅުވެއްޖެއެވެ. އާއިލީ މައްސަލަތަށް ހައްލު ކުރުމަށް ބޭރުން އަންނަ ފަރާތަކަކީ ކޮންމެ އެއްފަރާތެއް މީހަކަށްވުމުން ހައްލުކުރުމުގެ ބަދަލުގައި ކޮންމެ އެއްފަރާތެއް ހައްޤުގެ ވާހަކަ ދެކެވެއެވެ.