ޚަބަރު
މިއަދު ކިތަންމެ ރީތިމީހާވެސް މާދަމާ މުސްކުޅިވާނެކަމަށާއި، ކިތަންމެ މުއްސަނދިމީހާވެސް ފަޤީރުވެ އެ މުދަލުން އެމީހާ މަޙްރޫމް ކުރައްވައިފާނެ: މުފްތީ މެންކް

މިއަދު ކިތަންމެ ރީތިމީހާވެސް މާދަމާ މުސްކުޅިވާނެކަމަށާއި، ކިތަންމެ މުއްސަނދިމީހާވެސް ފަޤީރުވެ އެ މުދަލުން އެމީހާ މަޙްރޫމް ކުރައްވައިފާނެކަމަށް  މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މިކަން ބަޔާންކޮށް ވިދާޅުވީ މިއަދު ތިމާއަށް ލިބިފައިވާ ރީތިކަމަކާއި މުއްސަނދިކަމެއްގެ މައްޗަށް ބޮޑާވެ ކިބުރުވެރިވުމަކީ ބައެއް މީހުން ކުރާކަމެއްކަމަށާއި އެހެން ނަމަވެސް މިއަދު ކިތަންމެ ރީތިމީހާވެސް މާދަމާ މުސްކުޅިވާނެކަމަށާއި، ކިތަންމެ މުއްސަނދިމީހާވެސް ފަޤީރުވެ އެ މުދަލުން އެމީހާ މަޙްރޫމް ކުރައްވައިފާނެކަމާއި ނިޢުމަތަކީވެސް އިންސާނާ އިމްތިޙާނު ކުރެއްވުމަށްޓަކައި ދެއްވާ އެއްޗެއްކަން މެންކްގެ ވާހަކައިގައި ހަނދާންކޮށްދެއްވިއެވެ.

އަދި ދުނިޔޭގައި އުޅޭއިރު އިމްތިޙާނުތަކާ ކުރިމަތިލާން ޖެހޭނެކަން ހަނދާން ކޮށްދެއްވަމުން،  ކީރިތި ރަސޫލާއާ ކުރިމަތިވި އިމްތިޙާނުތަކަށް އެކަލޭގެފާނު ކެތްތެރިވެވަޑައިގެންނެވި ގޮތް ނަމޫނާއަކަށް ބަލައިގެން އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަން ކުރުމަށް އިރުޝާދުދެއްވިއެވެ. އެހެން މީހުންނަށް އަނިޔާވެރިވުމަކީ އެކަމަށް ތިމާ ދަރަނިވެރިވާނެކަމެއްކަމަށާއި އެ ދަރަނި ކޮންމެވެސް ދުވަހަކުން އަދާ ކުރަން ޖެހޭނެކަމެއްކަމަށާއި އަނިޔާވެރިކަމަށް ކެތްތެރިވުމަކީ އެކަމުގެ ބަދަލު މާތް ﷲ ދެއްވާނެ ކަމެއް ކަމުގައެވެ.

0