ކޮންމެ ކަމަކަށްވެސް ހައްދެއް އޮންނަން ޖެހޭ، ހަރުދަނާ މުސްލިމަކަށްވުމަށް ފޯނަށް ހޭދަކުރާ ވަގުތު މަދުކުރަން ޖެހޭކަމުގައި މުފްތީ މެންކް ވިދާޅުވެއްޖެއެވެ. އައްޑޫ ހައި ސުކޫލްގައި މިރޭ ދެއްވި ދަރުސްގައި މުފްތީ މެންކް ވިދާޅުވީ ކޮންމެ ކަމަކަށްވެސް ހައްދެއް އޮންނަން ޖެހޭ، އުފެއްދުންތެރި މުސްލިމަކަށްވުމަށް ފޯނަށް އަހަރެމެން ހޭދަކުރާ ވަގުތު މަދުކުރަންޖެހެއެވެ. ފުޓްބޯޅަ މެޗަކީ ވަގުތު ކަނޑައެޅިގެން ކުޅެވޭ ކުޅިވަރެކެވެ. އިތުރު ވަގުތުގައި ދެނީ 15 މިނެޓްގެ 2 ހާފެހެއެވެ. އެ ހިސާބުން މެޗްވެސް ނިމެއެވެ. އެހެންކަމުން އަހަރެމެން ފޯނުއެކީ ހޭދަކުރާ ވަގުތަށް ވަކި ވަގުތެއް ވަކި އިމެއް އޮންނަން ޖެހޭނެއެވެ.