ޚަބަރު
އުފެއްދުންތެރި މުސްލިމަކަށް ވުމަށް، ދުވަހުގެ ފެށުމަކީ ފަތިސް ނަމާދުކަމުގައި ހަދަން ޖެހޭ: މްފްތީ މެންކް 

އުފެއްދުންތެރި މުސްލިމަކަށް ވުމަށް، ދުވަހުގެ ފެށުމަކީ ފަތިސް ނަމާދުކަމުގައި ހަދަން ޖެހޭކަމުގައި މުފްތީ މެންކް ވިދާޅުވެއްޖެއެވެ. އުފެއްދުންތެރި މުސްލިމަކަށް ވުމަށް މި މައުލޫއަށް އައްޑޫ ހައި ސުކޫލްގައި މިރޭ ދެއްވި ދަރުސްގައި މުފްތީ މެންކް ވިދާޅުވީ ދުވަހުގެ ފެށުން ރަގަޅު ކުރަންޖެހޭކަމުގައި ވިދާޅުވިއެވެ. ދަމުނަމާދާއި ފަތިސް ނަމާދަކީ ދުވަހުގެ ފެށުން ކަމުގައި އަހަރެމެން ހަދަންޖެހެއެވެ.

އިސްލާމްދީނުގެ ދެވަނަ ތަނބުކަމުގައިވާ ނަމާދު، މުސްލިމުން އަދާކުރަނީ ﷲ ސުބުޙާނަހޫވަތަޢާލާއަށް ކިޔަމަންތެރިވުމުގެ ގޮތުން ކަމަށާއި އަދި ފަރުޟު 5 ނަމާދަކީ ކުރަން ޖެހޭކަމަކަށް ވާތީ ނަމާދުކުރުމަކީ މައްސަލައެއް ނޫންކަމުގައިވެސް ވިދާޅުވިއެވެ. މުފްތީ މެންކް ވިދާޅުވީ ކުރާހިތުން ނޫންކަމުގައިވީނަމަވެސް ނަމާދުކުރުމަކީ އެ އަޅަކާއި ހެއްދެވިފަރާތާ ދެމެދު އޮންނަ ގުޅުން ރަނގަޅުވާނެ ކަމެއްކަމަށާ އޭގެ ނަތީޖާއަކަށް ވަނީ ނަމާދުކުރުމަކީ އެމީހަކު ކުރާހިތުން، ކުރަން ބޭނުން ވެގެން ކުރާ ކަމަކަށް ވެގެން ދިޔުން ކަމުގައެވެ.

މެންކްގެ ވާހަކަ ކުރިއަށް ގެންދަވަމުން އިތުރަށް ވިދާޅުވީ އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ ކޮންމެ ކަމަކަށް ސުންނަތްތަކެއް ވާ ކަމުގައެވެ. ފަރުޟުކުރައްވާފައިވާ 5 ނަމާދު ކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބަކަށް ވާއިރު ސުންނަތް ނަމާދުތަކަކީ ކުރުން މަޖުބޫރު ނޫން ނަމާދުތަކެއް ކަމަށާއި އެހެން ނަމަވެސް ސުންނަތް ނަމާދަކީ އެ ނަމާދު ކުރުމުން އިތުރު ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭ ކަމެއްކަންވެސް މުފްތީގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

0