އުފެއްދުންތެރި މުސްލިމަކަށް ވުމަށް މި މައުލޫއަށް އައްޑޫ ހައި ސުކޫލްގައި މިރޭ ދެއްވި ދަރުސްގައި މުފްތީ މެންކް ވިދާޅުވީ ތިބާގެ އަޙެއްގެ ފަރާތުން ގޯސްކަމެއް ފެނުމުން އެކަން އެހެންމީހުންނަށް ހާމަކުރުމުގެ ބަދަލުގައި އެ އަޚާއަށް ހެޔޮ ދުޢާކޮށްދޭށެވެ.
ތިބާގެ އަޙެއްގެ ފަރާތުން ގޯސްކަމެއް ފެނުމުން އެކަން އެހެންމީހުންނަށް ހާމަކުރުމުގެ ބަދަލުގައި އެ އަޚާއަށް ހެޔޮ ދުޢާކޮށްދޭށެވެ. އެހެނަސް މިއަދުގެ މުޖުތަމަޢުން ފެންނީ އެކަންކަން އަވަހަށް ސޯސަލް މީޑިޔާއަށް ލާ އެކަން އެންމެންނަށް އެއްގުމެވެ. އޭގެ ބަދަލުގައި އެއަޚާއަށް ހެޔޮ ވިސްނުން ދެއްވުން އެދި 2 ރަކުއަތް ނަމާދެއް ކުރަނީ މިއަދު ކޮން ބައެއްތޯ ސުވާލު ކުރެއްވިއެވެ.
އިތުރަށް ދަރުސް ވިދާޅުވީ އިސްލާމްދީނުގެ ދެވަނަ ތަނބުކަމުގައިވާ ނަމާދު، މުސްލިމުން އަދާކުރަނީ ﷲ ސުބުޙާނަހޫވަތަޢާލާއަށް ކިޔަމަންތެރިވުމުގެ ގޮތުން ކަމަށާއި އަދި ފަރުޟު 5 ނަމާދަކީ ކުރަން ޖެހޭކަމަކަށް ވާތީ ނަމާދުކުރުމަކީ މައްސަލައެއް ނޫންކަމުގައިވެސް ވިދާޅުވިއެވެ. މުފްތީ މެންކް ވިދާޅުވީ ކުރާހިތުން ނޫންކަމުގައިވީނަމަވެސް ނަމާދުކުރުމަކީ އެ އަޅަކާއި ހެއްދެވިފަރާތާ ދެމެދު އޮންނަ ގުޅުން ރަނގަޅުވާނެ ކަމެއްކަމަށާ އޭގެ ނަތީޖާއަކަށް ވަނީ ނަމާދުކުރުމަކީ އެމީހަކު ކުރާހިތުން، ކުރަން ބޭނުން ވެގެން ކުރާ ކަމަކަށް ވެގެން ދިޔުން ކަމުގައެވެ.
މެންކްގެ ވާހަކަ ކުރިއަށް ގެންދަވަމުން އިތުރަށް ވިދާޅުވީ އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ ކޮންމެ ކަމަކަށް ސުންނަތްތަކެއް ވާ ކަމުގައެވެ. ފަރުޟުކުރައްވާފައިވާ 5 ނަމާދު ކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބަކަށް ވާއިރު ސުންނަތް ނަމާދުތަކަކީ ކުރުން މަޖުބޫރު ނޫން ނަމާދުތަކެއް ކަމަށާއި އެހެން ނަމަވެސް ސުންނަތް ނަމާދަކީ އެ ނަމާދު ކުރުމުން އިތުރު ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭ ކަމެއްކަންވެސް މުފްތީގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
Mee migaumuge meehunnah kuran neygey kameh… social media medhuverikoh meehun faleeehaiy kurumuga reyaa dhuvaalu…meehunnah malaamaaiy kurumuga reyaa dhuvaalu