ޚަބަރު
މާތް ﷲގެ ލޯބި ލިބިފައިވާ އަޅުންގެ އިންތިހާނުތައް ބޮޑުވާނެ، ދިންނެވުން އޮތީ ހެޔޮ ނިޔަތަކައިގެން، ހެޔޮ އަމަލުމަތީ ދެމިތިބެގެން: މުފްތީ މެންކް 

މާތް ﷲގެ ލޯބި ލިބިފައިވާ އަޅުންގެ އިންތިހާނުތައް ބޮޑުވާނެ، ދިންނެވުން އޮތީ ހެޔޮ ނިޔަތަކައިގެން، ހެޔޮ އަމަލުމަތީ ދެމިތިބެގެންކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ. ފުއަށްމުލަކުގައި މިރޭ ކުރިއަށްދިޔަ ދަރުސްގައި ޝެއިޚް މުފްތީ މެންކް ވިދާޅުވީ މާތް ﷲގެ ލޯބި ލިބިފައިވާ އަޅުންގެ އިންތިހާނުތައް ބޮޑުވާނެއެވެ. ކެތްތެރިވުމާއި އެކު ހެޔޮ އަމަލުމަތީ ދެމިތިބެގެންނޫނީ ދިންނެވުމެއް ނުވާނެއެވެ.

ސުކޫލްގައި ޓީޗަރުން ބައެއްފަހަރު މޮޅުކުދިން އިތުރަށް ޓެސްޓްކޮށް އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި އެހެން ކުދިން ނުދޭ އުދަގޫ ޓެސްޓްދޭތަށް ފޭންނާނެއެވެ. އެ ޓެސްޓްދެނީ އެހެންކުދިންނަށްވުރެ މަތީ ހަރުފަތަކަށް އަދި ނުދާ ހަރުފަތަކަށް ގެންދިޔުމަށެވެ. ހަމައެގޮތަށް ﷲއާއި ކައިރިވުމުން އިންތިހާނު ކުރައްވާނެއެވެ. އަދި އިތުރަށް ކައިރިވުމުންވެސް ބޮޑަށް އިމްތިހާންކުރައްވާނެއެވެ. އަހަރަމެންނަށް އޮތީ ހަމަޖެހި ﷲގެ މަދަދަށް އެދުމެވެ.

މާތް ﷲ އެއްވެސް އަޅަކަށް ބޭނުން ނުވާކަމަށާއި އެހެންނަމަވެސް ހުރިހާ އަޅުތަކުން އެކަލާނގެއަށް ބޭނުންވެގެންވާކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މާތްﷲ އަޅަކުދެކެ ލޯބިވޮޑިގަންނަވާނަމަ އެމީހަކަށް އިމްތިހާންތަކާއި ކުރިމަތިކުރައްވާކަމަށެވެ.

އިންސާނާގެ ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗަންކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން އެކަމެއް ބަލައިނުގަތަސް އެކަމާ ދެރަ ނުވުމަށެވެ. އޭގެ ބަދަލުގައި މާތްﷲ ތިމާއަށް ދެއްވަންހުރި ހެޔޮކަމާއި ދަރުމައަށް ވިސްނައި، ގިނަ ގިނައިން ﷲއަށް ދުޢާކޮށް ޙަމްދުކުރުމަށް އެދިވަޑައިގެންނެވިއެވެ.

އަބަދުވެސް އެކަކު އަނެކަކަށް އަޅާލައި، އޯގާވެރިވުމަށާއި އަދަބު އިޚްތިރާމް އަދާކުރުމަށް އެދިވަޑައިގެން ހިނިތުންވުމަކީވެސް ސަދަގާތެއްކަމަށް ވިދާޅުވިއެވެ.އެހެންކަމުން ގިނަ ގިނައިން ހިނިތުންވުމަށް މުފްތީ މެންކް ވަނީ މި ދަރުސްގައި ނަސޭހަތްތެރިވެވަޑައިގެންފައެވެ.

0