ޚަބަރު
ހިނިތުންވުމަކުން މާޔޫސްކަން ފޮރުވާލައި، އެއީ އެންމެ ރަނގަޅު އެއް ސަދަޤާތް – މުފްތީ މެންކް

ހިނިތުންވުމަކުން މާޔޫސްކަން ފޮރުވާލައި، އެއީ އެންމެ ރަނގަޅު އެއް ސަދަގާތްކަމުގައި މުފްތީ މެންކް ވިދާޅުވެއްޖެއެވެ. ފުއަށްމުލަކުގައި މިރޭ ކުރިއަށް ދަރުސްގައި ޝެއިޚް މުފްތީ މެންކް ވިދާޅުވީ އެންމެ ރަނގަޅު އެއް ސަދަޤާތަކީ ހިނިތުންވުމެވެ. ހިނިތުންވުމުން މާޔޫސްކަން ފޮރުވާލައެވެ. ކޮންމެ މީހަކު އެހެން މީހުންގެ އިޙްސާސްތަކަށް ވިސްނާލަންވާނެއެވެ. އެކަކު އަނެކަކަށް މުއާމަލާތު ކުރުމުގައި ހިނިތުންވުމާއިއެކު މުއާމާލާތު ކުރާށެވެ. ބޭނުން ޖެހިފައިވާ ތިބިމީހުންނަށް ފައިސާއިގެ ގޮތުން އެހީ ވެވެން ނެތްނަމަ ހެޔޮބަސް އެފަރާތަކަށް ރައްދުކުރާށެވެ.

 

އިންސާނާގެ ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗަންކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން އެކަމެއް ބަލައިނުގަތަސް އެކަމާ ދެރަ ނުވުމަށެވެ. އޭގެ ބަދަލުގައި މާތްﷲ ތިމާއަށް ދެއްވަންހުރި ހެޔޮކަމާއި ދަރުމައަށް ވިސްނައި، ގިނަ ގިނައިން ﷲއަށް ދުޢާކޮށް ޙަމްދުކުރުމަށް އެދިވަޑައިގެންނެވިއެވެ.

އަބަދުވެސް އެކަކު އަނެކަކަށް އަޅާލައި، އޯގާވެރިވުމަށާއި އަދަބު އިޚްތިރާމް އަދާކުރުމަށް އެދިވަޑައިގެން ހިނިތުންވުމަކީވެސް ސަދަގާތެއްކަމަށް ވިދާޅުވިއެވެ.އެހެންކަމުން ގިނަ ގިނައިން ހިނިތުންވުމަށް މުފްތީ މެންކް ވަނީ މި ދަރުސްގައި ނަސޭހަތްތެރިވެވަޑައިގެންފައެވެ.

0