ޚަބަރު
މުފްތީ މެންކުގެ މިރޭ ދަރުސްގައި ވިދާޅުވެދެއްވި 02 ދުޢާ މާނައާއިއެކު

ފިކުރުބޮޑުވެ ހިތާމައިގެ ވަގުތު ކުރެވިދާނެ 2 ދުޢާ ގޮތުގައި މިރޭގެ ދަރުސްގައި ދީނީ އިލްމްވެރިޔާ މުފްތީ މެންކް ދަރުސްގައި ވިދާޅުވެ ދެއްވި ދުޢާ މާނައާއިއެކު ހިއްސާކޮށްލީމެވެ.

ފުރަތަމަ ދުޢާ

(اللَّهُمَّ إِنِّي عَبْدُكَ ابْنُ عَبْدِكَ ابْنُ أَمَتِكَ نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْل ٌ فِيَّ قَضَاؤُكَ أَسْأَلُكَ بِكُلِّ اِسْمٍ هُوَ لَكَ سَمَّيْتَ بِه ِ نَفْسَكَ أَوْ أَنْزَلْتَه ُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ أَوِ اسْتَأْثَرْتَ بِه ِ فِي عِلْمِ الغَيْبِ عِنْدَكَ أَنْ تَجْعَلَ القُرْآنَ رَبِيْعَ قَلْبِي، وَنوْرَ صَدْرِي وَجَلَاءَ حُزْنِي وَذَهَابَ هَمِّي)

(މި ޙަދީޘް ރިވާކުރެއްވީ އަޙްމަދު އަދި އަލްބާނީ ޞައްޙަ ޙަދީޘްއެއް ކަމަށް ވިދާޅުވެފައިވޭ)

މި ދުޢާގެ މާނައި:” އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އަހުރެންނީ އިބަﷲގެ އަޅަކީމެވެ. އިބަﷲގެ ފިރިހެން އަޅާގެ ދަރިޔަކީމެވެ. އިބަﷲގެ އަންހެން އަޅާގެ ދަރިޔަކީމެވެ. މިއަޅާގެ ލަގަންވަނީ އިބަ ﷲގެ އަތްޕުޅުގައެވެ. އިބަﷲގެ ޙުކުމްފުޅު މި އަޅާގެ މައްޗަށް ތަންފީޒުވެގެންވެއެވެ. އިބަﷲގެ އަމިއްލަ ޒާތުފުޅަށް ޚުދު އިބަﷲ ދެއްވާފައިވާ ނުވަތަ އިބަﷲގެ ފޮތުގައި އިބަﷲ ބާވައިލައްވާފައިވާ ނުވަތަ އިބަﷲގެ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤަކަށް އިބަﷲ އުނގަންނައިދެއްވާފައިވާ ނުވަތަ އިބަﷲގެ ޙަޟްރަތުން ޣައިބުގެ ޢިލްމުގައި އިބަﷲ ޚާއްސަކުރައްވާފައިވާ އިބަﷲގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް، މިއަޅާގެ ހިތުގެ ބަހާރުކަމުގައާއި، މިއަޅާގެ ހިތުގެ ނޫރުކަމުގައާއި، މިއަޅާގެ ހިތާމަ ފިއްލަވައިދޭ ޒަރިއްޔާކަމުގައާއި އަދި މިއަޅާގެ ފިކުރުބޮޑުވުން ދުރުކޮށްދޭ ޒަރިއްޔާކަމުގައި ޤުރުއާން ލައްވަދިނުމަށް އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ.”

ދެވަނަ ދުޢާ

(اللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الهَمِّ وَالحُزْنِ، وَالعَجْزِ وَالكَسَلِ وَالبُخْلِ وَالجُبْنِ، وَضَلْعِ الدَّيْنِ وَغَلَبَةِ الرِّجَالِ)

(މިޙަދީޘް ރިވާކުރެއްވީ ބުޚާރީ 6363)

” އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ފިކުރު ބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދުމުންނާއި، ކަންނެތްކަމުންނާއި، ބަޚީލުކަމުންނާއި، ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މިއަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކާތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން އެދިދެންނަވަމެވެ.”

 

4
  1. v baraabaru