ނަޞޭޙަތާއި އިރުޝާދު
ސުވަރުގެ ދެއްވުމަށާއި އަދި ނަރަކައިން މިންޖު ކޮށްދެއްވުމަށް އެދި ކުރެވިދާނެ ބައެއް ދުޢާ

ސުވަރުގޭގައި ތިބާގެ ބައިވެރިޔާ ފެންނަ ކޮންމެ ފަހަރަކު ހުންނާނީ ކުރިން ހުރި ރީތިކަމަށްވުރެ މާރީތިވެފަ
ނިމުމެއްނެތް ބިއުޓީ
ނިމުމެއްނެތް ޒުވާންކަން
ނިމުމެއްނެތް ލޯބި❤️

ސުވަރުގެ ދެއްވުމަށާއި އަދި ނަރަކައިން މިންޖު ކޮށްދެއްވުމަށް އެދި ކުރެވިދާނެ ބައެއް ދުޢާތަށް:

اَللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ، وَأَعُوْذُ بِكَ مِنَ النَّارِ

މާނައީ: ”ޔާﷲ! ސުވަރުގެ ދެއްވުމަށާއި އަދި ނަރަކައިން ރައްކާތެރި ކޮށްދެއްވުމަށް އެދި، އިބަ އިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ!“

﴿ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ ﴾ [1]

މާނައީ: ”އަޅުގެ ވެރި ރައްބެވެ! އިބަ އިލާހުގެ ޙަޟްރަތުގައި، ސުވަރުގޭގައި މިއަޅާއަށް ގެއެއް ބިނާކޮށް ދެއްވާނދޭވެ!“

رَبِّ ﴿ أَلْحِقْنِي بِالصَّالِحِينَ ﴾  ﴿ وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ ﴾ ﴿ وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ ﴾ [2]

މާނައީ: ”އަޅުގެ ވެރި ރައްބެވެ! ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ! އަދި އެހެން މީހުންގެ ތެރޭގައި މިއަޅާއަށް، ރިވެތިވެގެންވާ ޘަނާ ލައްވާނދޭވެ! އަދި ނިޢުމަތްތަކުގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!“

﴿ رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴾ [3]

މާނައީ: ”އަޅަމެންގެ ވެރި ރައްބެވެ! ނަރަކައިގެ ޢަޛާބު އަޅަމެންނާއި ދުރުކުރައްވާނދޭވެ! ހަމަކަށަވަރުން އޭގެ (ނަރަކައިގެ) ޢަޛާބަކީ (އެތާނގެ އަހުލުންނާއި) ވަކިނުވެ އަބަދަށް ހުންނަ އެއްޗެކެވެ.“

 

اَللَّهُمَّ رَبَّ جَبْرَائِيْلَ وَمِيْكَائِيْلَ، وَرَبَّ إِسْرَافِيْلَ، أَعُوْذُ بِكَ مِنْ حَرِّ النَّارِ، وَمِنْ عَذَابِ الْقَبْرِ

މާނައީ: ”ޔާﷲ! ޖިބްރީލްގެފާނާއި މީކާއިލްގެފާނާއި އަދި އިސްރާފީލްގެފާނުގެ ވެރި ރައްބެވެ! ނަރަކައިގެ ހޫނުންނާއި ކަށްވަޅުގެ ޢަޛާބުން ރައްކާތެރި ކޮށްދެއްވުމަށް އިބަ އިލާހުގެ ޙަޟްރަތުގައި އެދެމެވެ!

ދުޢާތައް ނަގާފައި މިވަނީ އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ ”١٠٠ دعاء من الكتاب والسنة الصحيحة“ މިފޮތުންނެވެ.

 

[1] سورة التحريم (١١)

[2] سورة الشعراء (٨٥،٨٤،٨٣)

[3] سورة الفرقان (٦٥)

 

161