ނަމަނަމަ ކެސީނޯ އަޅަން ހިތްވަރުދޭ! އެކަމުގައި ބައިވެރިވާ މީހަކަށް ތިބާ ނުވައްޗެވެ! ރަލަކީ ނުބައި ޙަރާމް ވިޔަފާރިއެކެވެ! އެއީ ވަގުތުން ހުއްޓުވެންވެސް ޖެހޭ ކަމެކެވެ! ނަމަވެސް އެ ނުބައިކަންތައް އޮތޭކިޔާފާ އެހެނިހެން ނުބައިކަންތައްތައް ގެނެސްގަތުމަށް އުޅުމަކީ ނުބައިގެ މައްޗަށް ނުބައި ހެދުމެވެ! މާއްދިއްޔަތުގެ ތެރެއިން މާތް ﷲ ޙަރާމްކުރެއްވެވި ތަކެއްޗަށް މީހުން ދީލާލުމަށް މަސައްކަތްކުރާ ޝައިތާނުންގެ އަވައިގައި އެއްވެސް މުސްލިމަކު ނުޖެހެއްޗެވެ! ބިރުވެތިވުމާ ތަގްވާވެރިކަން އެއީ އެކަލާނގެއަށްޓަކައި އަޅުތަކުންގެ ހިތުގައި އޮންނަންޖެހޭ ކަމެކެވެ. ކަމަށް އައްޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ. ޝެއިޚްގެ ފޭސްބުކް ޕޭޖްގައި ޕޯސްޓްކޮށްފައިވާ ޕޯސްޓްގައިވެއެވެ.
ކެސިނޯގެ ހިންގަން ލައިސަންސް ނުދެވިގެން އުޅޭ ސަބަބަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ޔޫތް މިނިސްޓަރ ސުވާލުކުރެވެމުން ކެސިނޯ އެޅުމާއި ގުޅޭ ވާހަކަތަށް އާންމުވެގެން މިއަދު ދިޔައެވެ. އެކަމާއި ރާއްޖޭގެ ގިނަ ރައްޔަތުން އަދި ޚާއްސަކޮށް ދީނީ އިލްމްވެރިންދަނީ ފާޅުގައި ދެކޮށް އަދި އެކަމުގެ ދީނީ ހުކުމް ބަޔާންކުރަމުންނެއެވެ.
އެ ވާހަކަތަކާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ޝައިޚް ޢަބްދުﷲ ވެސް ވިދާޅުވީ ޖުވާ ކުޅުމަކީ ޤުރުއާނާ ސުންނަތާއި, އުއްމަތުގެ އިޖްމާޢުއިން ޙަރާމްކަމެއް ކަމަށާއި, އެކަމަށް އިންކާރު ކުރާމީހާ ޤުރުއާނަށް އީމާންނުވާ ކަމަށެވެ. އަދި އެހެނިހެން ޖަރީމާތައް ރާއްޖޭގައި ޢާންމުކުރުމަށް ޒާތްޒާތުގެ އުކުޅު ބޭނުންކުރާ ފަދައިން، ރާއްޖޭގައި ކެސިނޯ ތަޢާރަފް ކުރަން އެއްވެސް މީހަކު ފައި ނުނެގުމަށް އިލްތިމާސްކުރައްވާ ކަމަށް ވެސް ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.