އިސްމާއީލް އަލައިހިއްސަލާމް އެކަލޭގެފާނުގެ އަނބި ދަރީން ތަރުބިއްޔަތު ކުރެއްވި މަތިވެރި ތަރުބިއްޔަތަށް އިޝާރާތް ކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. { وَكَانَ یَأۡمُرُ أَهۡلَهُۥ بِٱلصَّلَوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِۦ مَرۡضِیࣰّا } [سُورَةُ مَرۡيَمَ: ٥٥] ”އަދި އެކަލޭގެފާނުގެ أهل ވެރިންނަށް، ނަމާދު ކުރުމަށާއި، زكاة ދީ އުޅުމަށް، އެކަލޭގެފާނު أمر ކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ.“ އާޔަތުގައި ވާފަދައިން ، ނަމާދު ގާއިމް ކުރުމަށާއި ޒަކާތް ދިނުމަށް އަމުރު ކުރުމަކީ ތަރުބިއްޔަތުގެ މުހިއްމު ރުކުނެކެވެ. އެހެނީ ނަމާދަކީ ހުރިހާ ނުބައި ފާހިޝް ކަންތަކުން އިންސާނާ ދުރުކޮށް ރައްކާތެރި ކޮށްދޭ ކަމެކެވެ. އަދި ޒަކާތް ދިނުމުގެ ސަބަބުން އޭނާގެ މުދާ ތާހިރުވެ، އިތުރު ވެގެންދެއެވެ. ~ ޝެއިޚް ޝަފީއު ޢަބްދުﷲ~