ނަޞޭޙަތާއި އިރުޝާދު
ފުރާތުކޯރު ހިނދި ރަނުގެ ފަރުބަދައެއް ފާޅުވުން

ފުރާތުކޯރު ހިނދި ރަނުގެ ފަރުބަދައެއް ފާޅުވުމަކީ ޤިޔާމަތް ގާތްވުމުގެ ކުދި ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لَا تَقُومُ السَّاعَةُ حَتَّى يَحْسِرَ الْفُرَاتُ عَنْ جَبَلٍ مِنْ ذَهَبٍ، يَقْتَتِلُ النَّاسُ عَلَيْهِ، فَيُقْتَلُ مِنْ كُلِّ مِائَةٍ، تِسْعَةٌ وَتِسْعُونَ، وَيَقُولُ كُلُّ رَجُلٍ مِنْهُمْ: لَعَلِّي أَكُونُ أَنَا الَّذِي أَنْجُو» [رواه مسلم]

މާނައީ: “ފުރާތުކޯރު ހިނދުމުގެ ސަބަބުން ރަނުގެ ފަރުބަދައެއް ފާޅުވެއްޖައުމަށް ދާންދެން ޤިޔާމަތް ޤާއިމު ނުވާ ހުއްޓެވެ. އެއަށްޓަކައި އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅާނެއެވެ. އަދި ކޮންމެ ސަތޭކަ މީހުންކުރެ ނުވަދިހަ ނުވަ މީހުން އެކަމުގައި މަރުވާނެއެވެ. އަދި ކޮންމެ މީހަކުވެސް ބުނަމުން ދާނެއެވެ. ސަލާމަތްވާނެ މީހަކީ އަހަރެންކަމުގައިވުމަށް އުންމީދުކުރަމެވެ.”

ފުރާތު ކޯރު (Euphrates) ހިނދި، ރަން ފަރުބަ ފާޅުވުމުން، އެއިން އެއްވެސް އެއްޗެއް ނުނެގުމަށް ނަބިއްޔާ صلى الله عليه وسلم ވަނީ އިރުޝާދުދެއްވާފައެވެ. [1] އެއީ އޭގެ ސަބަބުން ހިނގާނެ ފިތުނައިގައި ބައިވެރިނުވުމަށްޓަކައެވެ.

 

[1] ބައްލަވާ: صحيح المسلم ، كتاب الفتن وأشراط الساعة مع شرح النووي.

 

މަސްދަރު: ދިސަލަފިއްޔާ

116