ދުވަސް
ގަޑިއިރު
މިނެޓު
ސިކުންތު
ނަޞޭޙަތާއި އިރުޝާދު
ﷲ ގެ ދީނަށް ޚިދުމަތް ކުރަން ފަށަމާތޯ؟

ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމަކީ ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެކެވެ. ފަރުދީ ޒިންމާއެކެވެ. މުޖުތަމަޢުގައި އެމީހަކީ ބާރުގަދަ ނުފޫޒުގަދަ މީހެއްނަމަ، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގެ ޒިންމާ ބޮޑުވާނެއެވެ. ޒިންމާ ބޮޑުވިވަރަކަށް އެމީހަކަށް ލިބޭ އަޖުރުވެސް ބޮޑުވާނެއެވެ. ހެޔޮ ކަންކަމަށް ޢަމުރުކޮށް ނުބައިކަންތައްތައް ނަހީކުރާމީހުންނަކީ ކާމިޔާބުގެ އަހުލުވެރިންކަމުގައި ބަޔާންކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿١٠٤﴾ މާނައީ: “ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.” [3:104] قال رسول الله صلى الله عليه وسلم: (لأَنْ يَهْدِيَ اللَّهُ بِكَ رَجُلًا خَيْرٌ لَكَ مِنْ أَنْ يَكُونَ لَكَ حُمْرُ النَّعَمِ), (رواه البخاري, 3009). ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީސްކުރެއްވިއެވެ. ”ތިބާ މެދުވެރިކުރައްވާ ﷲ ތަޢާލާ އެންމެ މީހަކަށް ތެދުމަގު ދެއްކެވުންވެސް، ގިނަ އަދަދެއްގެ ރަތް ޖަމަލުތަކެއް ލިބުމަށްވުރެ ހެޔޮކަން ބޮޑެވެ.” *ރަތް ޖަމަލަކީ އެޒަމާނުގެ އެންމެ އަގުހުރި މުދާތަކުގެ ތެރެއިން އެއްމުދަލެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ وَنَهْىٌ عَنْ مُنْكَرٍ صَدَقَةٌ)) [رواه مسلم] މާނައި: “ހެޔޮކަންތަކަށް އަމުރުކުރުމަކީ ޞަދަޤާތެކެވެ. އަދި މުންކަރާތްތައް ނަހީކުރުމަކީވެސް ޞަދަޤާތެކެވެ.”

ދެން މިބަލާލަނީ މާތްﷲގެ ދީނަށް ޚިދުމަތްކުރުމުގެ ލާމަސީލު ނަމޫނާއަކަށެވެ.

ޢަބްދުއްރަޙްމާން އައްސުމައިޠަކީ: • ކުވައިތުގެ ރައްޔިތެއް • މެޑިކަލް ޑޮކްޓަރެއް • ދާޢީއެއް • ދަރުމަވެރިއެއް މާތް ﷲ ގެ ދީނަށް ގޮވާލެއްވުމުގައި ޢަބްދުއްރަޙްމާން އެފްރިކާގައި 29 އަހަރު ހޭދަ ކުރިއެވެ. މި މުއްދަތުގެ ތެރޭގައި ޢަބްދުއްރަޙްމާން ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި : ޢަބްދުއްރަޙްމާންގެ އަތް މައްޗަށް 11 މިލިޔަން މީހުން އިސްލާމް ވިއެވެ. ޢަބްދުއްރަޙްމާން 5700 މިސްކިތް ބިނާކުރިއެވެ. ޢަބްދުއްރަޙްމާން 15000 ޔަތީމުން ބެލެހެއްޓެވިއެވެ. ޢަބްދުއްރަޙްމާންގެ ޚަރަދުގައި 860 ސްކޫލު ޢިމާރާތް ކުރެވުނެވެ. ޢަބްދުއްރަޙްމާން 4 ޔުނިވަރސިޓީ ބިނާކުރިއެވެ. ޢަބްދުއްރަޙްމާންގެ ބެލުމުގެ ދަށުން 204 ސިއްޙީ މަރުކަޒު ބިނާކުރެވުނެވެ. ޢަބްދުއްރަޙްމާންގެ ބެލުމުގެ ދަށުން 9500 ވަޅުކޮނެވުނެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top