ޚަބަރު
ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭމީހާ، ހެޔޮ ޢަމަލު ކުރުމުގައި ފަސްޖެހިގެން ނުވާނެ: ހުކުރުޚުތުބާ

ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭމީހާ، ހެޔޮ ޢަމަލު ކުރުމުގައި ފަސްޖެހިގެން ނުވާނެކަމަށް މިއަދުގެ ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި އިންސާނާ ކުރާ ޢަމަލުތައް އޭނާ ޤިޔާމަތްދުވަހުން ދެކޭނެކަމަށް އީމާންވާހިނދު، އޭނާގެ އުޚުރަވީ ބާއްޖަވެރިކަމާއި އަބާއްޖަވެރިކަން އެ ޢަމަލުތަކުގެ މައްޗަށް ބިނާވެފައިވާހިނދު، މާތްﷲގެ ރަޙްމަތްވަންތަކަމުން އިންސާނާއަށް ސުވަރުގެވަދެވޭ ވަސީލަތަކީ، އޭނާ ކޮށްފައިވާ ހެޔޮ އަމަލު ކަމުގައިވާ ހިނދު، ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭމީހާ، ހެޔޮ ޢަމަލު ކުރުމުގައި ފަސްޖެހިގެން ނުވާނޭ ކަމާމެދަކު ޝައްކެއްނެތެވެ. އެހެންކަމުން ބުއްދިވެރިއަކީ ހެޔޮ ޢަމަލުކުރުމުގައި ކުރިއަރައިދާ މީހާއެވެ.

 

ދުނިޔޭގެ އަރާމަށްވުރެ އާޚިރަތަށް އެދިގެން އެދުވަހުގެ ބާއްޖަވެރިކަން ލިބުމަށް މަސައްކަތްކުރުން ހުއްޓެވެ. މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ. ”ދުނިޔޭގެ އަރާމަށް އެދޭމީހާ (ދަންނާށެވެ!) ތިމަންރަސްކަލާނގެ އިރާދަކުރައްވާކަމެއް ތިމަން ރަސްކަލާނގެ އިރާދަ ކުރައްވާމީހަކަށް، ދުނިޔެމަތީގައި ދެއްވާހުށީމެވެ. ދެން އެމީހަކަށްޓަކައި ތިމަން ރަސްކަލާނގެ ނަރަކަ ލެއްވީމެވެ. މަލާމާތްލިބި، ރަޙުމަތުން ދުރު ކުރައްވާފައިވާ ހާލު، އެނަރަކައަށް އެމީހަކު ވަންނާނެއެވެ“.

0