ކައިވެންޏަކީ ވަރަށް ރީތި އެއްޗެއްނަމަވެސް މިއީ ވަރަށް އުނދަގޫކަމެކެވެ. ޚާއްޞަކޮށް ކައިވެނީގެ ކުރީކޮޅުގައި ނުވަތަ މިކިޔާ ”ހަނީމޫން މަރުހަލާ“ ގައެވެ.
އެއްފަހަރެއްގައި އަޅުގަނޑު މުޅިން ނުރަސްމީ ޕޯލެއްގައި އަޅުގަނޑުގެ ބައެއް ރައްޓެހިންނާ މި ސުވާލު ކޮށްލީމެވެ. އެއީ މަދުވެގެން ދިހަ އަހަރު ދުވަހު ކައިވެނިކޮށްގެން އުޅޭ އެކުވެރި އަންހެނުންތަކެކެވެ.
ތިބާއަށް އެންމެ އުނދަގޫވީ ކައިވެނީގެ ފުރަތަމަ އަހަރު ހެއްޔެވެ؟ ނުވަތަ މިހާރު ކައިވެންޏަށް އެތައް އަހަރެއް ވީފަހުން ހެއްޔެވެ؟
އޭގެ ތެރެއިން ކޮންމެ އަންހެނަކުވެސް ބުނީ ”ކައިވެނީގެ ފުރަތަމަ އަހަރަކީ މާ އުނދަގޫ އަހަރެއް!“
އެއީ އެސުވާލަށް އަޅުގަނޑުގެ އަމިއްލަ ޖަވާބުވެސްމެއެވެ.
މި ހީވަނީ އާންމުކޮށް މީހުންނަށް ކުރެވޭ ތަޖުރިބާއެއްހެންނެވެ. ކައިވެނީގެ ފުރަތަމަ ކޮޅުގެ އަހަރުތަކަކީ ޒުވާބުތަކާއި، އަރާރުންވުންތަކާއި، ޔަގީންކަން ނެތް ކަންކަމާއި، އައުކަމާއި، ޝަޚުޞިއްޔަތުގެ ހަމަނުޖެހުންތަކުން ފުރިފައިވާ އަހަރެކެވެ. އެކަމަކު އަހަރުތައް ފާއިތުވަމުންދާ ވަރަކަށް މި މައްސަލަތައް މަޑުމަޑުން މައިތިރިވެ، މައްސަލަތައް އޮމާންވެގެން ދަނީ ދެމަފިރިން މިކަންކަމަށް އިތުރަށް އަހުލުވެރިވުމުންނެވެ. އެ މައްސަލަތައް ހައްލުކުރާނެ ގޮތް އެކުގައި ދަސްކުރާ ވަރަކަށެވެ.
އެކަމަކު މި ހަގީގަތް އެއްވެސް މީހަކު ތިބާ ކައިރިއަކު ނުބުނާނެއެވެ.
ކައިވެންޏާ ކުރިމަތިލަނީ ޚިޔާލީ ދުނިޔެއެއްގައި ވިލާގަނޑެއްގައި ބޯ އަޅައިގެން، މޫނުމަތީގައި އުފާވެރި ހިނިތުންވުމަކާއި، ހިތުގައި އިޝްޤުގެ ހުވަފެންތަކެއް ދެކެމުންނެވެ.
ހާއްސަކޮށް އަޅުގަނޑުމެން އަންހެނުންނަށެވެ.
ވަރަށް ކުޑައިރުއްސުރެ، އަޅުގަނޑުމެންނަށް އެނގުމަކާނުލާ ތަމްރީނު ކުރެވިފައިވަނީ ކައިވެންޏާމެދު ޙަޤީޤަތާއި ޚިލާފު އެތައް އުންމީދުތަކެއް ކުރުވަމުންނެވެ.
އަންހެންކުދިން ކުޑައިރު ބުދު، އޭގެ އެންމެ ނުބައި ވައްތަރު ބާބީ ކުޅެ އުޅެއެވެ. ބާބީ އަކީ ރީތި އަދި ހިކި އަންހެނެއް ކަމަށާއި، ކެން އަކީ ރީތި އަދި މުއްސަނދި މީހެއް ކަމަށް ޤަބޫލުކުރުވާ، އެމީހުންގެ އަސްލެއްނެތް ފުރިހަމަ ދިރިއުޅުން ދައްކުވައިދެއެވެ.
ޑިޒްނީގެ ފިލްމުތަކާއި ކުޑަކުދިންނަށް ހާއްސަ ފޮތްތަކުން އަސްލެއްނެތް ޚިޔާލީފޮލާއިން، އަހަރެމެންގެ ރީތި ޕްރިންސް ޗާމިންގްއާ ބައްދަލުވާނެ ގޮތާއި، އޭނާ އައިސް އަހަރެމެންގެ ހުރިހާ ދިރިއުޅުމުގައި ދިމާވެފައި ހުރިހާ އުނދަގޫތަކެއް ހައްލުކުރާނެ ގޮތް ކިޔައިދެއެވެ.
ލޯބީގެ ވާހަކަތަކުން މައްސަލަ އިތުރަށް ގޯސްކޮށް، ފަސޭހަކަމާއެކު ހައްލާލެވޭ ފުރާވަރުގެ އަންހެން ކުދިންނާއި ޒުވާން އަންހެނުންނަށް ދަސްކޮށްދެނީ ތިބާއާ ހަމައަށް ދިއުމަށްޓަކައި ޑްރެގަންތަކާއި އެކި ވިލަންތައް މަރާލާނެ ”ފުރިހަމަ ފިރިހެނަކު“ އަންނާނެކަމެވެ. Save translation
އަދި އޭނާ ތިބާދެކެ އިންތިހާއަށް ލޯބިވާނެ ކަމަށް ދެކި، ތިބާ ކައިވެނިކޮށް އުފާވެރިކަމާއެކު އުޅެވޭނެ ކަމެވެ.
ފިލްމުތަކާއި ޓީވީ ޝޯތަކާއި އަދި އެހެން މީހުންގެ ސޯޝަލް މީޑިއާތަކުން ވެސް އިހްސާސްކޮށްދެނީ ކޮންމެ މީހަކުވެސް ކައިވެނިކޮށް ވަގުތުން އުފާވެ ”ލޯބިވެގެން“ އުޅެވޭނެކަމެވެ. ފަސޭހަކަމާއެކު ކުއްލިއަކަށެވެ. ކައިވެންޏަކީ ފުރަތަމަ ދުވަހުން ފެށިގެން ބުރަކަމާއި އުނދަގޫކަމެއް ނެތް އަދި އޮމާން ކަމެއް ކަމުގައި ހެދައެވެ ކައިވެންޏަކީ އިންސްޓާ-ލޯތްބެވެ.
އެހެނަސް ހަގީގަތާ ދުރަށް އެއްވެސް ކަމެއް ނުކުރެވޭނެ!
ހަގީގަތަކީ ކައިވެންޏަކީ ފެށުމުގައި ވަރަށް ނާޒުކު އަދި ނުތަނަވަސް ކަމެއްކަމެވެ.
ފުރަތަމަ ކަމަކަށް ޝައިތާނާ ތިބާއަށް ދޮގުހަދާ އޮޅުވާލައެވެ. ދެ މުއުމިނުން ކައިވެނި ކުރާއިރު އެ ޝައިޠާނާއަށް ކެތެއް ނުވެއެވެ. އަދި އޭނާއަށް ކުރިމަތިވެފައިވާ މި މުސީބާތް ނައްތާލުމަށް އޭނާގެ ފެންވަރުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރެއެވެ. އޭނާ ހަމަލާދެނީ މަކަރުވެރިކަމާއެކު އަވަހަށެވެ. އެއީ ފިރިމީހާއާއި އަނބިމީހާއާ ދެމެދު ހަގީގީ ގުޅުންތައް ގާއިމްވުމުގެ ފުރުސަތު ލިބުމުގެ ކުރިންނެވެ.
އަޅުގަނޑުމެންނަށް އެނގޭ ޙަދީޘް އެއްގައި ވެއެވެ.
عَنْ جَابِرٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ”إِنَّ إِبْلِيسَ يَضَعُ عَرْشَهُ عَلَى الْمَاءِ ثُمَّ يَبْعَثُ سَرَايَاهُ فَأَدْنَاهُمْ مِنْهُ مَنْزِلَةً أَعْظَمُهُمْ فِتْنَةً يَجِيءُ أَحَدُهُمْ فَيَقُولُ فَعَلْتُ كَذَا وَكَذَا فَيَقُولُ مَا صَنَعْتَ شَيْئًا قَالَ ثُمَّ يَجِيءُ أَحَدُهُمْ فَيَقُولُ مَا تَرَكْتُهُ حَتَّى فَرَّقْتُ بَيْنَهُ وَبَيْنَ امْرَأَتِهِ قَالَ فَيُدْنِيهِ مِنْهُ وَيَقُولُ نِعْمَ أَنْتَ
ޖާބިރު ރިވާކުރައްވާފައިވެއެވެ: الله ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. ދަރަޖައިގެ ގޮތުން އޭނާއާ އެންމެ ގާތް މީހުންނަކީ ފިތުނަތައް ގެނައުމުގައި އެންމެ ބޮޑު ބައެކެވެ. އޭގެ ތެރެއިން އެކަކު ބުންޏެވެ: އަހަރެން މިކަމާއި މިކަން ކޮށްފީމެވެ. ޝައިޠާނާ ބުނާނެއެވެ. ތިބާ އެއްވެސް ކަމެއް ނުކުރަމެވެ. އެއަށްފަހު އެހެން މީހަކު އައިސް ބުންޏެވެ: އަހަރެން މި މީހާ އޭނާގެ އަންހެނުންނާ ވަކިކުރަންދެން އެކަނި ދޫކޮށްނުލީމެވެ. ޝައިޠާނާ އޭނާގެ ގައިގައި ބައްދާލުމުން ބުންޏެވެ: ކަލޭމެންނަށް ރަނގަޅު ކަމެއް ވެއްޖެއެވެ.” [Ṣaḥīḥ މުސްލިމް 2813
ދެވަނަ ކަމަކަށް، ކައިވެންޏެއް ފެށުމަށްޓަކައި ދެމީހަކު އެއްތަނަކަށް އައިސް، އެމީހުންގެ ވަރަށް ތަފާތު ދެ ޝަޚުޞިއްޔަތާއި، ވަރަށް ތަފާތު ދެ ފަސްގަނޑާއި، ވަރަށް ތަފާތު ދެ ޒާތީ މާޒީއާއި އާދަތަކާއި ކުޑައިރުގެ މައްސަލަތަކާއި އެކަންކަން ތަފާތުކޮށް ޙައްލުކުރާނެގޮތް އެއްކޮށްލަންޖެހެއެވެ. ބައެއް ފަހަރު، އެއީ ތަފާތު ދެ ސަގާފަތެއް، ނަސްލުތަކެއް، އަދި ތަފާތު ބަހުރުވަތަކެއްގެ ވެރި ބަޔަކަށްވެސް ވެދާނެއެވެ.
މިހުރިހާ ކަމެއް އެއްކޮށްލުމަށްޓަކައި ވަގުތާއި މުވާޞަލާތާއި އެއްބާރުލުން ދޭން ބޭނުންވެއެވެ.
ތިންވަނަ ކަމަކީ، އެއީ ދެ ޖިންސުގެ ދެ މީހަކު އެއްކޮށްލުމެވެ. އަންހެން ވަންތަކަމާއި ފިރިހެންވަންތަ ކަމުގައި ވިސްނާގޮތާއި، ކުރިޔަށްދާގޮތާއި ދުނިޔެވީގޮތުން ދެކޭދެކުމެވެ. މި ދެ ފަރާތް، ފިރިހެނާއި އަންހެން، އެކަކު އަނެކަކާ އެތައް ގޮތަކުން *ވަރަށް* ތަފާތެވެ. ޖިންސުގެ ތަފާތުތަކަށް އިންކާރުކުރާ މި ޒަމާނުގައި މިއީ ގިނަ ފަހަރަށް މީހުންނަށް ވަރަށް ބޮޑަށް ޤަބޫލުކުރަން ދަތިކަމެކެވެ.
އަލަށް ކައިވެނި ކުރާ ދެމަފިރިއަކަށް އޭނާގެ ފިރިމީހާގެ ފަރާތުން ނުވަތަ އަނބިމީހާގެ ފަރާތުން ފެންނަ ތިބާ ހިތްހަމަ ނުޖެހިދާނެ އުނި ސިފައަކީ ހަމައެކަނިފިރިހެނުންނަށް ޚާއްޞަ ސިފައަކަށް ވެދާނެއެވެ. ނުވަތަ އަންހެންނުންނަށް ޚާއްޞަ ސިފައަކަށްވެދާނެއެވެ. އެއީ ސީދާ ތިބާގެ ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް ޚާއްޞަ ކަމަކަށް ނުވެދާނެއެވެ.
އެހެންވީމާ، ފެށުމުގައި، އަލަތު ފިރިމީހާއާއި އަނބިމީހާ ގިނަ ފަހަރަށް ހަމަނުޖެހުން ހިންގާ، ވަރަށް ގިނަ ކުދިކުދި ކަންތައްތަކެއްގެ މައްޗަށް ޒުވާބުކޮށް، ދުވަހުން ދުވަހަށް ޖަދަލުކުރާނެ ކަމީ އަޖައިބެއް ހެއްޔެވެ؟
އަހަރެމެން ހައިރާންވާކަށް ނުޖެހެއެވެ.
އަޅުގަނޑުމެންނަށް މިކަން ކުރިން އެނގި، ކައިވެންޏަށް ދިއުމުގެ އުންމީދުތައް ހަމައަކަށް އަޅުވަން ޖެހެއެވެ. އޭރުން ފުރަތަމަ އަރާރުންވުމާއެކު ވަގުތުން ”ވަރި“ އާ ހިސާބަކަށް ނުދާނެއެވެ.
ކައިވެނީގެ މި ފުރަތަމަ މަރުހަލާއަށް މައްސަލަތަކަކީ ޠަބީޢީ ކަމެއްކަން އެނގުމަކީ، ނަމެއްގައި އޮންނަ ”ހަނީމޫން މަރުޙަލާ“ ގެ އޮޅުން ބޮޅުން ބޮޑުވި ނަމަވެސް، ކެތްތެރިވެ، އުނދަގުލެއް ނެތި ތިބުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އެހެންކަމުން އެހިސާބުގައި ހިފަހައްޓާލާށެވެ. ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއަކީ ކާކުކަން ހަގީގަތުގައި، ހޯދުމަށް އަމިއްލަ ނަފްސަށް ފުރުސަތެއް ދޭށެވެ
އަހަރެމެން ކައިވެނިކުރާ މީހާއާ އަހަރެމެން ކައިވެނި ނުކުރަމެވެ؛ އަހަރެމެން ކައިވެނި ކުރަނީ އެމީހާގެ *ޚިޔާލާ*، މިމީހަކީ ކާކުކަން އަހަރެމެންނަށް *ހީކުރެވޭ* މީހާއާއެވެ. ކައިވެންޏަށްފަހު ހަޤީޤަތުގައި ކައިވެނި ކުރީ ކާކުކަން މަޑުމަޑުން ހޯދަން ފަށައެވެ. އަދި މަޑުމަޑުން އޭނާއާއި މެދު ސިކުނޑީގައި ސިފަކޮށްފައިވާ، ތިބާ އުންމީދުކުރި ފުރިހަމަކަން ގެއްލިގެންދާނެއެވެ.
އަދި އެއީ އެއްވެސް މައްސަލައެއްނޫނެވެ. އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. ތިބާއަކީވެސް ފުރިހަމަ މީހެއްނޫނެވެ.
އަލްހަމްދުލިއްﷲ ސާދަ އަހަރުގެ ކައިވެންޏަކަށްފަހު މިއީ އަލަށް ކައިވެނި ކުރާ މީހުންނަށް އަޅުގަނޑު ދޭނެ އެންމެ ބޮޑު ނަސޭހަތެވެ. ކައިވެންޏަށް ވަގުތު ދޭށެވެ.
ވަގުތާއެކު ކައިވެންޏަކީ އޭގެ ރީތިކަމާއި، ފޮނިކަމާއި، ހިތްހަމަޖެހުން ލިބިގެންދާނެކަމެކެވެ. ރަނގަޅު، އެހާ ރީތި އަދި ހަމަޖެހޭ އަދި ހިނިތުންވުން ބޮޑުވެގެން ދަނީ، އެކަކު އަނެކަކާއެކު ގިނަވަގުތު އުޅެ ދިރިއުޅެމުންދާ ވަރަކަށް ހަނދާންތައް އުފައްދާ، އަމިއްލަ އެތެރޭގެ ސަމާސާތައް ތަރައްގީވެގެންދެއެވެ. އެހެންކަމުން މާ އަވަހަށް ހުއްޓާނުލާށެވެ. ފިރިމީހާއާއި އަނބިމީހާ ވަކިކުރުމަށް ޝައިތާން ރޭވި ރޭވުމާ ދެކޮޅު ހަދައިގެން އަމިއްލައަށް ވަގުތު ދީ ހުޝިޔާރު ވެގެން އުޅޭށެވެ.
މާތް ﷲ ހުރިހާ މުސްލިމުންނަށް ރީތި، ދިގުދެމިގެންދާ ކައިވެންޏެއް ދެއްވާށި، އަމީން.
”