ނަޞޭޙަތާއި އިރުޝާދު
ޤާބީލާއި ހާބީލުގެ ވާހަކައިން ލިބޭ ހަތަރު ޢިބުރަތެއް
  1. ޙަސަދަވެރިކަމަކީ ހިތަށްޖެހޭ ބަލިތަކުގެ ތެރެއިން ބައްޔެކެވެ. އެ ބަލި ހިތުގައި ހަރުލައިފިނަމަ ހަސަދަވެރިވެވޭ މީހާ ނިކަމެތިކޮށްލުމުގެ މަޤްސަދުގައި އަނިޔާވެރިކަން އިސްކޮށް ނުބައި ފާފަތަކަށް އަރައިގަނެއެވެ.

{ ۞ وَٱتۡلُ عَلَیۡهِمۡ نَبَأَ ٱبۡنَیۡ ءَادَمَ بِٱلۡحَقِّ إِذۡ قَرَّبَا قُرۡبَانࣰا فَتُقُبِّلَ مِنۡ أَحَدِهِمَا وَلَمۡ یُتَقَبَّلۡ مِنَ ٱلۡـَٔاخَرِ قَالَ لَأَقۡتُلَنَّكَۖ قَالَ إِنَّمَا یَتَقَبَّلُ ٱللَّهُ مِنَ ٱلۡمُتَّقِینَ }
[سُورَةُ المَائـِدَةِ: ٢٧]
آدم ގެފާނުގެ ދެދަރިކަލުންގެ خبر، حق ގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެދަރިކަލުން قربان އެއް ކުރިމަތިކުރެއްވިހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (قربان) قبول ކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން قبول އެއް ނުކުރެއްވިއެވެ. އެ ދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ކަލޭ قتل ކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. اللَّه قبول ކުރައްވާކަން ކަށަވަރީ تقوى ވެރިންގެ ކިބައިންނެވެ.

  2. ހެޔޮ ޢަމަލުތައް ޤަބޫލުކުރެއްވުމަކީ މާތްﷲގެ ނިޢްމަތްތަކުގެ ތެރެއިން ނިޢްމަތެކެވެ. އެ ނިޢްމަތް ލިބެނީ ތަޤްވާވެރިންނަށެވެ.

{ ۞ قَالَ إِنَّمَا یَتَقَبَّلُ ٱللَّهُ مِنَ ٱلۡمُتَّقِینَ }
[سُورَةُ المَائـِدَةِ: ٢٧]
އަނެއް ދަރިކަލުން ވިދާޅުވިއެވެ. اللَّه قبول ކުރައްވާކަން ކަށަވަރީ تقوى ވެރިންގެ ކިބައިންނެވެ.

  3. ހަވާ ނަފުސަށް ތަބާވުމަކީ ނުރައްކާތެރިކަމެކެވެ. ހަވާނަފުސު ނުބައި ޢަމަލުތައް ޒީނަތްތެރިކޮށްދެއެވެ.

{ فَطَوَّعَتۡ لَهُۥ نَفۡسُهُۥ قَتۡلَ أَخِیهِ فَقَتَلَهُۥ فَأَصۡبَحَ مِنَ ٱلۡخَـٰسِرِینَ }
[سُورَةُ المَائـِدَةِ: ٣٠]
ދެން އޭނާގެ أخ އާ قتل ކުރުމަށް، އޭނާގެ نفس އޭނާޔަށް زينة ތެރިކޮށް ދައްކައި ފަހިކޮށްދިނެވެ. ދެން އޭނާ، އޭނާގެ أخ އާ قتل ކުޅައެވެ. ދެން އޭނާ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންވިއެވެ.

  4. މީހެއް މަރައިފިމީހާ މުޅި ޢުމުރު ދުވަހުވެސް އޭނާގެ އަޚާމަރުނު ކަމާއިމެދު ދެރަވެ ހިތާމަކުރުމުގައި އުޅެންޖެހޭނެއެވެ.

{ فَبَعَثَ ٱللَّهُ غُرَابࣰا یَبۡحَثُ فِی ٱلۡأَرۡضِ لِیُرِیَهُۥ كَیۡفَ یُوَ ٰ⁠رِی سَوۡءَةَ أَخِیهِۚ قَالَ یَـٰوَیۡلَتَىٰۤ أَعَجَزۡتُ أَنۡ أَكُونَ مِثۡلَ هَـٰذَا ٱلۡغُرَابِ فَأُوَ ٰ⁠رِیَ سَوۡءَةَ أَخِیۖ فَأَصۡبَحَ مِنَ ٱلنَّـٰدِمِینَ }
[سُورَةُ المَائـِدَةِ: ٣١]
ދެން އޭނާގެ أخ އާގެ (ފުރާނަނެތް) މަސްގަނޑު ނިވާކުރާނީ ކޮންފަދަޔަކުންކަން އޭނާއަށް ދެއްކެވުމަށްޓަކައި، ބިން ހާވާނޭ ކާޅެއް اللَّه ފޮނުއްވިއެވެ. ދެން، އޭނާ ބުންޏެވެ. އޭ، އަހުރެންނަށް ހުރި ހިތާމަޔެއްގެ ބޮޑުކަމާއެވެ! އަހުރެންގެ أخ އާގެ މަސްގަނޑު ނިވާކުޅައުމަށް، މި ކާޅު ފަދައިންވުމަށްވެސް، އަހުރެން ނުކުޅެދިގެން ވީހެއްޔެވެ؟ ދެން، އޭނާ ހިތާމަކުރާ މީހުންގެ ތެރެއިންވިއެވެ.

109